މާލެ: 31°C
ވޯރކް ވިސާގެ ހިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފި

ވޯރކް ވިސާގެ ހިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފި

May 19, 2024
3 ފަހަރު ބަލާފައި
ވޯރކް ވިސާގެ ހިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފި
ބިދޭސީންގެ ވޯރކް ވިސާ ޖަހާފައިވާ ޕާސްޕޯޓު ނެގުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން މިއަދު ފަށައިފިއެވެ. އިމިގްރޭޝަނުން މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަކަށް ހާޒިރުވެ، އެފަރާތެއްގެ ނަންބަރު ޖެހެންދެން ކިޔުގައި މަޑުކުރަން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން މި ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އެގޮތުން، އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، އިމިގްރޭޝަންގެ ހިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން މިއަދުން ފެށިގެން ވޯކް ވިސާ ޖެހުމަށް ފަހު ޕާސްޕޯޓާ ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ނިންމަވާފައިވާ ކަމަށެވެ. https://twitter.com/ImmigrationMV/status/1791443676738257259?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1791443676738257259%7Ctwgr%5E70cc8e48dd99d96c82275d62e0b4bd92fdc3237a%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F133987 "މިކަމަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނާއި އެއްގޮތަށް މި ހިދުމަތް އޮންލައިންކޮށް، މިހާރު ކަނޑައެޅިފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެ އެވެ. އަދި ކިއުގެ ހިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ އެވެ. އެހެންކަމުން، މިއީ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

ވޯކް ވިސާ ޖެހި ޕާސްޕޯޓު ދޫކުރާ ގަޑިތައް:

  • ފަހެއް ނުވަތަ އެއަށް ވުރެ މަދު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، ހެނދުނު 9:00 އިން 10:30 އާ ދެމެދުގައި. އެ ނަންބަރުތަކަށް ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް.
  • ހައެއް ނުވަތަ އެއަށް ވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ މެންދުރު 11:30 އިން 12:30 އާ ދެމެދުގައި. އެ ނަންބަރުތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:15 އިން 3:00 އަށް.
އިމިގްރޭޝަނުން ބުނީ އެ ފަރާތުގެ މަގްސަދަކީ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް، ލުއިފަސޭހަ ހިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ