މާލެ: 31°C

ވައިޑް ބޮޑީ ފްލައިޓުން ޗައިނާއިން އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް

January 23, 2025
250 ފަހަރު ބަލާފައި
ވައިޑް ބޮޑީ ފްލައިޓުން ޗައިނާއިން އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޗެންގްޑޫ ސިޓީ އާއި ރާއްޖެ އާ ދެމެދު ސީދާ ވައިގެ ދަތުރުގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޗެންގްޑޫ ސިޓީ އާއި ރާއްޖެ އާ ދެމެދު ސީދާ ވައިގެ ދަތުރުގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފި އެވެ.

ވައިޑް ބޮޑީގެ ފުރަތަމަ ފްލައިޓުގައި ރާއްޖެއައި ފަތުރުވެރިންނަށް ވީއައިއޭގައި މަރުހަބާ ކިޔުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. 

މިއަދު ހެނދުނު އައި ފްލައިޓުން ޖުމްލަ 192 މީހަކު އައިސްފައިވާއިރު، އޭގެ ތެރޭގައި 172 ފަތުރުވެރިން ހިމެނެ އެވެ.

މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން މޯލްޑިވިއަން އާއި އެމްއޭސީއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ފެށުމަކީ ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރާނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ހާސިލު ކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެން ދާނެކަން ފާހަގކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ