
މުޅި ރާއްޖެއަށް އިއުލާނު ކުރި ވައިޓް އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި
މުޅި ރާއްޖެއަށް އިއުލާނު ކުރި ވައިޓް އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި
ލިޔުން:
މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ، މޯލްޑީވްސް މީޓިއޮރޮލަޖީ ސާވިސް (މެޓް އޮފީސް) މިއަދު ނެރުނު ވައިޓް އެލާޓް ގެ ވަގުތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.
މޫސުން ގޯސްވެ، މެޓް އޮފީހުން މިއަދު ފުރަތަމަ ވައިޓްއެލާޓް ނެރުނީ ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ. އޭގެ ފަހުން އެލާޓް އަލުން އާކޮށް، މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. އޭގެ ފަހުން އަނެއްކާ ވެސް އެލާޓް އަލުން އާކޮށް ހަވީރު 6:00 އިން މިރޭ 00:00 އަށް ވަނީ ވަގުތު އިތުރު ކޮށްފައެވެ.
މެޓު އޮފީހުން އެންމެ ފަހުން ނެރުނު އެލާޓުގައި ބުނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހުމާއި އެކު ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރާ ކަމަށެވެ.
އިރުވައި މޫސުމަކީ ރާއްޖެއަށް އާއްމުކޮށް ވާރޭ ވެހޭ މޫސުމަކަށް ނުވިޔަސް މޫސުން ލަފާކުރާ އެޕްލިކޭޝަން އަދި ދުނިޔޭގެ ބައެއް މޫސުމާބެހޭ އިދާރާތަކުގެ ލަފާކުރުންތަކުގައިވާ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަވާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
