މާލެ: 31°C

ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
June 17, 2023
2 ފަހަރު ބަލާފައި
ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

އަށް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހދ. ފިނޭ، ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ކ މާމެންދޫގެ އިތުރުން ގދ. ހޯނޑެއްދޫގަ އެވެ.

މީގެ މި އަށް ރަށުގެ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް މާލޭގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކަށް ޖުމްލަ 4.985 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވެ. މިއަދު ވޯޓުލުން ފެށިގެން އެއްގަޑި އިރު ވީ އިރު، ޖުމްލަ 276 މީހުން ވޯޓުލާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ