މާލެ: 31°C

ޑަބްލިއުޑީސީ ތަކުގެ ފަސް ގޮނޑި ޕީޕީއެމްއަށް، ދެ ގޮނޑި އެމްޑީޕީއަށް

ޑަބްލިއުޑީސީ ތަކުގެ ފަސް ގޮނޑި ޕީޕީއެމްއަށް، ދެ ގޮނޑި އެމްޑީޕީއަށް
June 17, 2023
2 ފަހަރު ބަލާފައި
ޑަބްލިއުޑީސީ ތަކުގެ ފަސް ގޮނޑި ޕީޕީއެމްއަށް، ދެ ގޮނޑި އެމްޑީޕީއަށް
މިއަދު ކުރިއަށް ދިޔަ އަށް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން ތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރި ވަގުތީ ނަތީޖާތަކުގައިވާ ގޮތުން މިއަދު ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެމްޑީޕީން ކެނޑިޑެޓުން ދެގޮނޑި ކާމިޔާބު ކުރި އިރު އަމިއްލަ ކެނޑިޑޭޓެއްވެސް ވަނީ އެއް ގޮޑި ކާމިޔާބު ކޮށްފަ އެވެ.

ބައި އިލެކްޝަންތަކުގެ ނަތީޖާ:

- އއ. ފެރިދޫ 1. ސާނާ އަހުމަދު / އެމްޑީޕީ - 244 2. ވަސީމާ މުޙައްމަދު / ޕީޕީއެމް - 205

- ހދ. ފިނޭ 1. މުއުމިނާ އިބްރާހިމް / އެމްޑީޕީ - 133 2. ޒުހުދާ މުހައްމަދު / ޕީޕީއެމް - 147 ރ. އަނގޮޅިތީމު 1. ޚަދީޖާ ހުސެއިން މަނިކު / ޕީޕީއެމް - 82 2. ޢާސިމާ ރަޝީދު / އަމިއްލަގޮތުން - 95 ކ. ދިއްފުށި 1. ޢައިޝަތު ސާހިރާ / ޕީޕީއެމް - 181 2. ފާތިމަތު ޢަރުޝީ / އަމިއްލަގޮތުން - 174 - މ. ވޭވަށް 1. ދުންޔާ ޚާލިދު / އެމްޑީޕީ - 101 2. ޝިފާޒާ އިބްރާހިމް / ޕީޕީއެމް - 113 - ތ. ގާދިއްފުށި 1. މަރިޔަމް ޙަސަން / އެމްޑީޕީ - 234 2. ނިހާމާ ޢަބްދުﷲ / ޕީޕީއެމް - 158 - ލ. މާމެންދޫ 1. ސަޢުދިއްޔާ ޙުސެއިން / ޕީޕީއެމް - 224 2. ނާޒިމާ ޢަބްދުއްސަމަދު / އެމްޑީޕީ - 202 - ގދ. ހޯނޑެއްދޫ 1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް - 204 2. ލިޒުނާ ނަސީރު / އެމްޑީޕީ - 86 3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން - 76 ކުރިން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ކުރަން ޖެހުނު ނަމަވެސް ގާނޫނަށް ގެނައި ބަދަލާއިއެކު ޑަބްލިއުޑީސީ ތަކުގެ ހުސްވާ ގޮނޑިތަކަށް އިންތިހާބެއް ބާއްވަން ޖެހޭނީ އަހަރަކު އެއްފަހަރު އެވެ. އެގޮތަށް ގާނޫނު ބަދަލު ކުރި ފަހުން މިއަދު މި ބޭއްވީ ފުރަތަމަ ބައި-އިލެކްޝަނެވެ. މިއަދު ހެނދުނު 8 އިން ފެށިގެން 4 ޖަހަންދެން ވޯޓުލުން ކުރިއަށް ދިޔަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ