
ޑަބްލިއުޑީީސީއަށް އިންތިހާބުވުމުން ހުވައެއް ނުކުރި، އަލުން އިއުލާނުކުރުމުން ކުރިމަތިލާނެ ބަޔަކު ނުވި!
ޑަބްލިއުޑީީސީއަށް އިންތިހާބުވުމުން ހުވައެއް ނުކުރި، އަލުން އިއުލާނުކުރުމުން ކުރިމަތިލާނެ ބަޔަކު ނުވި!
ލިޔުން:
ވ،. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހުމުން އެކޮމިޝަނުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ތިނަދޫ ޑަބްލިއުޑީސީގެ މައްސަލަ އީސީން މަޖިލީހަށް ހުށަހެޅީ އެ މައްސަލައާއި އެބާވަތުގެ އެހެން މައްސަލަތަކަށް ވެސް ގާނޫނީ ހައްލެއް ހޯދައިދޭން އެދި އެވެ. އެ ކޮމިޝަނުން މަޖިލީހަށް ފޮނުުވި ސިޓީގައިވާ ގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތިނަދޫ ޑަބްލިއުޑީސީއަށް ވެސް ފަސް ބޭފުޅަކު އިންތިހާބު ވި އެވެ. އެހެން ނަމަވެސް އެ ބޭފުޅުން މެމްބަރުކަމުގެ ހުވާ ނުކުރައްވައިގެން، ލޯކަލް ގަވަމެންޓް އޮތޯރިޓީން ނިންމީ އެ ގޮނޑިތައް ހުހަށް ހުރި ކަމަށެވެެ. އެހެންވެ އެ ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބު ކުރުމަށް ޓަކައި އީސީން އިިއުލާނު ކުރުމުން ކުރިމަތިލާނެ ފަރާތެއް ނުވި ކަމަށް ވެސް އީސީގެ ސިޓީގައި ބުންޏެވެ.
އީސީގެ އެ ސިޓީއާ ބެހޭ ގޮތުން މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މެމްބަރުން ވަަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ތިނަދޫ ޑަބްލިއުޑީސީއަށް އިންތިހާބުވި ބޭފުޅުން ހުވާ ކުރައްވަން އިންކާރު ކުރައްވާ ކަމަށް އެލްޖީއޭއިން އެންގީ، އެކަން ދިގުލައިގެން ގޮސް ވަރަށް ގިނަ ދުވަސްވީ ފަހުން ކަމަށެވެ. އެ ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބު ކުރުމަށް ޓަކައި މެމްބަރުކަމަށް ކުރިމަތިލާން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތަރު ވަނަ ފަހަރު އިއުލާނު ކޮށްގެން މުއްދަތު ހަމަވެއްޖެ މިހާރު. ހަތަރު ފަހަރު ވެސް އިއުލާނުކޮށްގެން އެއްވެސް ބަޔަކު ކުރިމައްޗެއް ނުލާ،" ހަބީވު ވިދާޅުވި އެވެ.
ވ،. ތިނަދުއަށް އެގޮތް ދިމާވެފައި ވާތީއާއި އެކިއެކި ރަށްރަށުގެ ޑަބްލިއުޑީސީ މެމްބަރުން އިސްތިއުފާދެއްވާލެއް ގިނަ ކަމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން އެލްޖީއޭއާއި ޖެންޑާ މިނިސްޓްރީއާ އެކު މަސައްކަތް ކުރަން އުޅުނު ނަމަވެސް އެ ދެ މުއައްސަސާއިން އެކަމަށް މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
"އަސްލު ހަމަ އަޅުގަނޑުމެން ޑޭޓް ވެސް ކަނޑައަޅާގައި ދަތުރުކުރަން ހަމަ ތައްޔާރުވީތަނާ ހެން އެކަމަށް އަނެއް ދެ މުއައްސަސާއިން އެހާ ބޮޑު ޝައުގުވެރިކަމެއް ނެތީމާ ދެން އަޅުގަނޑުމެން ހިތަށް އެރީ އިލެކްޝަންސް ކޮމިޝަނުގެ ދައުރަކީ ހަގީގަތުގައި އިންތިހާބު ކުރުމޭ،" ހަބީބު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
