ވަގުފު ގާނޫނުގެ ބިލަށް ލަފާދޭން އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި

ވަގުފު ގާނޫނުގެ ބިލަށް ލަފާދޭން އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި
ލިޔުން:
"ދިވެހިރާއްޖޭގެ ވަގުފާ ބެހޭ ގާނޫނު"ގެ ނަމުގައި ގާނޫނެއް ހަދަން އެކުލަވައިލާ ބިލަކަށް ކޮންސަލްޓީ ދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި ވަގުފު ގާނޫނުގެ ބިލު ޑްރާފްޓްކުރުމަށް ޓަކައި އެ މިނިސްޓްރީއަށް ކޮންސަލްޓެންސީ ބޭނުން ވަނީ ދީނީ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނެވެ. އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ނުޖެހޭ ފަރުދުންނަށެވެ.
"...ދިވެހިރާއްޖޭގެ ވަގުފާބެހޭ ޤާނޫނުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތަށް ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ބޭނުންވާތީ، މިދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއް ކަމުގައިވާންވާނެއެވެ،" ވަގުފު ގާނޫނުގެ ބިލަށް ކޮންސަލްޓީ ދޭން ބީލަށް ހުށަހެޅުމުގެ ޝަރުތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރަން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެެ. ވަގުފު ގާނޫނުގެ ބިލު ޑްރާފްޓްކުރުމާ ބެހޭ މައުލޫމާތު ދޭނީ އެގޮތުން ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އެ މަސަައްކަތަަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މައުލޫމާތު ދިނުމަށް ފަހު، މިމަހުގެ 26 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
