މާލެ: 31°C

ވެމްކޯއިން ނ.އަތޮޅުގެ ނޮކް މޯލްޑިވްސް ރިސޯޓަކާއެކު ކުނި މެނޭޖުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވެމްކޯއިން ނ.އަތޮޅުގެ ނޮކް މޯލްޑިވްސް ރިސޯޓަކާއެކު ކުނި މެނޭޖުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
September 11, 2024
2 ފަހަރު ބަލާފައި
ވެމްކޯއިން ނ.އަތޮޅުގެ ނޮކް މޯލްޑިވްސް ރިސޯޓަކާއެކު ކުނި މެނޭޖުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރިސޯޓުތަކުގެ ކުނި އުކާލުމުގެ ޙިދުމަތް ދިނުމަށް ވެމްކޯއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުނި އުލާމުގެ ޙިދުމަތް ދިނުމަށް ނޮކް މޯލްޑިވްސް ރިސޯޓާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. ވެމްކޯއިން ރިސޯޓްތަކުގެ ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުގެންދާތީ އެމައްސަލާގެ ހައްލެއްގެ ގޮތުން ވެމްކޯއިން އެމަސައްކަތް ފެށުމަށް ނިންމި ކަން ހާމަކޮސްފައިވަނީ  ތިމާވެއްޓާބެހޭ ވުޒާރާގެ މިނިސްޓަރ ތޯރިގް އެވެ. މިނިސްޓަރ ވިދާޅުވެފައިވާ ގޮތުން  އެ މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ ކޮންޓްރެކްޓަރުން އެކަށީގެން ވާ ގޮތެއްގައި އެމަސައްކަތް ނުކުރުމާއި މޫދައް ކުނި އުކާލުންފަދަ ކަންކަން ކުރިމަތިވަމުންދާތީއެވެ. ވެމްކޯއިން މީގެކުރިން ބުނެފައިވާގޮތުން ނ އަދި ރ އަތޮޅުގެ ރިސޯޓުތަކުން އުފައްދާ ކުނި ގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ވަންދޫ އަށެވެ. އެރަށަކީ ވެމްކޯ އިން ކުނި މެނޭޖު ކުރުމުގެ ފެސިލިޓީތައް ގާއިމްކޮށްފައިވާ ރަށެކެވެ.

ރިސޯޓު ތަކުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތުގެ ތެރެއަށް ވެމްކޯއިން ވަންނަން ނިންމުމާ ގުޅިގެން ވެމްކޯއިން އެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަސާފައިވަނީ ރ. އަތޮޅުގެ 3 ރިސޯޓެއްގައެވެ.

މިއަދު ވެމްކޯއިން ނޮކް މޯލްޑިވްސް އާއިއެކު ކުރެވުނު އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ