" އަޅުގަނޑުމެންނަށް ފެނުނީ ސިޔާސީ ގޮތުން ވެމްކޯއިން މަސައްކަތްކުރާ ތަން މިހައިތަނަށް. މި ދެންނެވީ ޖެއްސުން ކުރުމުގެ ގޮތުން. ރޭގަ ވެސް އެކަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި،" މުއިއްޒު ވިދާޅުވި އެވެ."ފިޔަވަޅު އަޅާނަން" އެގޮތަށް ކަންތައްް ކުރާ އިރު ވެމްކޯ އަކީ ދައުލަތުން ފައިސާދޭ ސަރުކާރު ކުންފުންޏެއް ކަމަށާއި ރައްޔިތުން ވެސް އެކުންފުންޏަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ކަންތައް ކުރަން ވެމްކޯއަށް ފުރުސަތު ލިބޭ ގޮތަށް ރައްޔިތުން އަމަލުނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ، މަގުމަތީގައި ކުނި ބެހެއްޓުމުގެ އާދަ ދޫކޮށްލެވޭތޯ ބަލަން އޭނާ ގޮވައިލެއްވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ވެމްކޯއިން ނުނަގައި މަގުމަތީ ބަހައްޓާ ކުނި ވެސް ހިމެނޭ ގޮތުން މަގުމަތީގައި ހުންނަ ކުނި ސިޓީކައުންސިލުން ނަގާނެ އެވެ. އެހެން ނަމަވެސް އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރުން ވެމްކޯއަށް ރައްޔިތުންގެ އަތުން ލިބޭ ފައިސާ ވާނީ ނުކުރާ މަސައްކަތަކަށް ލިބޭ ފައިސާއަށް ކަމަށެވެ. އޭނާ ވިދާޅުވީ ވެމްކޯއިން ނަގަން ޖެހޭ ކުނި މަގުމަތީގައި ނުބަހައްޓަން މިއަދު ރަސްމީކޮށް އަންގާނެ ކަމަށެވެ. "އަޅުގަނޑުމެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހަމަ ހަރުކަށި ގޮތުގައި ވެމްކޯއާ ދޭތެރޭގައި އަަޅާނަން،" މުއިއްޒު ވިދާޅުވި އެވެ. މަގުމަތީ ކުނި ބަހައްޓާ ނަމަ ފިޔަވަޅު އެޅޭނެ އެތައް ގާނޫނެއް އެބަހުރި ކަމަށް ވިދާޅުވެ، އެފަދަ ބައެއް ގާނޫނުތައް އޭނާ ވިދާޅުވެ ދެއްވި އެވެ. ތިމާވެށީގެ ގާނޫނާއި އާއްމު ސިއްހަތުގެ ގާނޫނާއި ކުންޏާ ބެހޭ ގާނޫނަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ވެމްކޯއާ ދޭތެރޭ ފިޔަވަޅު އެޅޭނެ ގާނޫނުތަކެވެ.
ވެމްކޯއިން ކުރަނީ ޖެއްސުން، މަގުމަތީގައި ކުނި ބަހައްޓާ ނަމަ ފިޔަވަޅު އަޅާނަން: މޭޔަރު

ވެމްކޯއިން ކުރަނީ ޖެއްސުން، މަގުމަތީގައި ކުނި ބަހައްޓާ ނަމަ ފިޔަވަޅު އަޅާނަން: މޭޔަރު
ލިޔުން:
ވެމްކޯއިން ނަގަން ޖެހޭ ކުނި، ނުނަގައި މަގުމަތީގައި ބަަހައްޓައި، ސިޓީ ކައުންސިލަށް ޖެއްސުމަކަށް ވާ ގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަމަލުކުރަމުން ގެންދާ ކަަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ ވެމްކޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެއާއި ވިލިމާލޭގެ އާއްމު ތަންތަން ސާފުކުރުމާއި ކުނިނެގުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރި އެއްބަސްވުން އާނުކޮށް ސިޓީ ކައުންސިލުން މިހާރު ވަނީ މާލޭ ސިޓީކައުންސިލުން ކުރަން ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތުދޭން މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި މުއިއްޒު ވިދާޅުވީ ގޭގެއިން ނަގާ ކުނި ވެމްކޯއިން އެއްކުރާ ތަންތަނުން ރޭ ކުނި ނުނަގާ ކަމަށެވެ. އެއީ "ސިޔާސީ ގޮތުން ޖެއްސުންކުރަން ކުރިކަމެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
