
ވެމްކޯއިން އެދެނީ ކުނިނަގާ ގަޑިތަކަށް ސަމާލުވާން، އެހެން ގަޑިތަކުގައި ކުނި ނުނެރެން
ވެމްކޯއިން އެދެނީ ކުނިނަގާ ގަޑިތަކަށް ސަމާލުވާން، އެހެން ގަޑިތަކުގައި ކުނި ނުނެރެން
ލިޔުން:
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނަގާ ގަޑިތައް ބަދަލުވެފައި ވާއިރު އެ ގަޑިތަކަށް ސަމާލުވާން އެދޭ ކަަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވެމްމޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖް ވިދާޅުވީ ބައެއް ފަރާތްތަކުން ވަރަށް ނޫންގަޑިތަކުގައިވެސް މަގުމަށްޗަށް ކުނި ނެރޭ ކަމަށާއި މި ރޯދަމަހު ވެމްކޯއިން ކުނި ނަގާ ގަޑިތަކަކީ ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން 12 ގެ ފަހުންވެސް މަގުމަށްޗަށް ކުނި ނެރޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަގުތައް ސާފުކޮށް ބޭއްވުމަށް ޓަކައި އެގޮތަށް ކަންތައް ކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ.
ވެމްކޯގެ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލަން ނިންމާފައި އޮތުމުން އެ ކުންފުނިންވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށާއި އަދި ގޭބިސީގައި ޔޫޓިލިޓީ މީޓަރު ނޫން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ މީޓަރިތަކުގެ މައުލޫމާތު މިމަހުގެ 6 ގެ ކުރިން ހިއްސާކޮށްދޭން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްް ހުންނަ ަމަ އެފަރާތްތަކުން "ޔޫޓިލިޓ ީމީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް އެކޯޕަރޭޝަނަށް ހުށަހަޅަން ވެމްކޯއިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
