"މިއަދު ތަފާތަކީ ސިޓީކައުންސިކުން އެކަން ކޮށްފައި އާއްމުންނަށް އެކަން ދައްކަން ކުރާ މަސައްކަތް. ވެމްކޯއިން އެކަން ކުރި އިރުގައި އެވާހަކަ ނުދައްކަނީ. ވެމްކޯއިން އެކަން ކުރި އިރުގައި ސިޓީކައުންސިލަށް އެ މައުލޫމާތު ހިއްސާކޮށްފައި ހުންނާނެ ވެމްކޯއިން" އޭނާ ވިދާޅުވި އެވެ.މާލޭގެ މަގުތަކަށް ނެރެފައި ހުންނަ ކުނީގެ މައްސަލައިގައި ވެމްކޯއަށް ފިޔަވަޅު އަޅާނެ ކަމަށް މުއިއްޒު އިއްޔެ ވިދާޅުވި ވިދާޅުވުމަށް ވެސް ސިރާޖް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެއީ "މާލޭ ރައްޔިތުންނާ ދެކޮޅަށް ދައުވާ ކުރާނަމޭ ވިދާޅުނުވާން " މުއިއްޒު ވިދާޅުވި ވާހަކަ އެކެވެ. "އަޅުގަނޑަކަށް ނުފެނޭ ވެމްކޯ ގޮވައިގެން މުއިއްޒު ކޯޓަށް ދާން ޖެހޭ ސަބަބެއް. ދައުވާކުރަން ޖެހޭ ސަބަބެއް. އަޅުގަނޑަށް ހީވަނީ މުއިއްޒު ދެން މާލޭ ރައްޔިތުންނާ ދެކޮޅަށް ދައުވާ ކުރާނަމޭ ނުބުނަން ވެގެން ވެމްކޯގެ ވާހަކަ ދައްކަނީހެން. އެއީ ވެމްކޯއަކުން މާލޭ މަގުމައްޗަށް ކުންޏެއް ނާޅާނެ،" ސިރާޖް ވިދާޅުވި އެވެ. އޮތް ގޮތަކީ މަގުތަކަށް ގޭގެއިން ނެރޭ ކުނި، ވެމްކޯއިން ކުރިން ނެގިހެން ޝަކުވާ ނުކޮށް ސިޓީ ކައުންސިލުން ވެސް ނެގުން ކަމަށާއި އެކަން އެގޮތަށް ނުކުރެވެންޏާ ދެން އޮތް ގޮތަކީ ވެމްކޯއާ އަލުން ހަވާލުކުރުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެމްކޯ އޮތީ އެކަަމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ ރައްދު މޭޔަރަށް ، "މަގުމަތީ ހުންނަ ކުންޏަށް ވެމްކޯއިން ޒިންމާވާކަށް ނުޖެހޭ"

ވެމްކޯގެ ރައްދު މޭޔަރަށް ، "މަގުމަތީ ހުންނަ ކުންޏަށް ވެމްކޯއިން ޒިންމާވާކަށް ނުޖެހޭ"
ލިޔުން:
މާލޭގެ މަގުތަކަށް ގޭގެއިން ނެރޭ ކުންޏަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ނަގަން ޖެހޭ ކުނި ކަމަށާއި އެ ކުނިތައް ނުނަގަނީ "ޖެއްސުންކުރުމުގެ ގޮތުން" ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކައަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖް މިއަދު ރައްދު ދެއްވައިފި އެވެ.
މަގުމަތީގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ކުނި ސިޓީކައުންސިލުން ނަގަން ޖެހޭތީ މުއިއްޒު އިއްޔެއާއި މިއަދު ވެސް ވެމްކޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މުއިއްޒުގެ ތުހުމަތު ތަކާ ގުޅިގެން "މިނިވަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖު ވިދާޅުވީ ކުނި އުކަން ރަޖިސްޓްރީ ނުކޮށް ހުންނަ ގެތަކުން މާލޭގެ މަގުތަކަށް ކުނި އަޅާ ވާހަކަ ވެމްކޯއިން ކުރިން ވެސް އައީ ދައްކަމުން ކަމަށެވެ. މާލޭގެ މަގުތަކާއި އާއްމު ތަންތަން ސާފުކުރުމުގެ މަސަައްކަތް އެ ކޯޕަރޭޝަނަށް އޮތް އިރު އެގޮތަށް ބަހައްޓާ ކުނި ނަގަމުން ގެންގޮސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
[embed]https://minivan.mv/76372/[/embed]
" އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ އަަޅުގަނޑުމެން މި ނަގަނީ ހަމަ އެކަނި ރެޖިސްޓްރީކޮށްފައި ހުރި ކުންޏެއް ނޫނޭ، މަގުމަތި ސާފުކޮށް ބެލެހެއްޓުމުގެ އެގްރިމެންޓް އޮތީމާ އަޅުގަނޑުމެން އެބަ ނަގަމޭ ހުރިހާ ކުންޏެއް ވެސް މާލޭގެ މަގުތަކަށް ނެރޭ،" ސިރާޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކަށް ވެމްކޯގެ ކަސްޓަމަރުން ކުންޏެއް ނުނެރޭނެ އެވެ. އެއީ އެ ކޯޕަރޭޝަނުން ބާރު އަޅާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން [ވެމްކޯގެ ކަސްޓަމަރުން] މި އޮންނަނީ ދެ ހިދުމަތަކަށް ރަޖިސްޓާ ކޮށްފައި. އެއީ ބިލްޑިން ސާވިސްއާއި ޑޯސްޓެޕް" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލްޑިން ސާވިސް އަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެރޭނީ އިމާރާތުގެ ތިރިއަށެވެ. އަދި ޑޯ ސްޓެޕް ހިދުމަަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކުނި ނެރޭނީ އެޕާޓްމަންޓްގެ ދޮރުމައްޗަށެވެ.
އެހެންވީމާ ވެމްކޯގެ ކަސްޓަމަރުން މަގުމައްޗަށް ކުނި ނެރެން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ނެރޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެމްކޯއިން މާލެ ސާފުކޮށް ބެލެހެއްޓި އިރު ވެސް މިހާރެކޭ އެއްވަރަށް މަގުތަކަށް ކުނި ނެރޭ ކަމަށާއި އެކޯޕަރޭަޝަނުން ގެންދިޔައީ އެކުނި ނަގަމުން ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
