މާލެ: 31°C
ވޯޓުލުން ކުރިއަށްދަނިކޮށް ރަސްދޫ ފަޅުން ބައެއް ރަސްދޫ އަދި ތޮއްޑޫއަށް ދީފި

ވޯޓުލުން ކުރިއަށްދަނިކޮށް ރަސްދޫ ފަޅުން ބައެއް ރަސްދޫ އަދި ތޮއްޑޫއަށް ދީފި

April 21, 2024
2 ފަހަރު ބަލާފައި
ވޯޓުލުން ކުރިއަށްދަނިކޮށް ރަސްދޫ ފަޅުން ބައެއް ރަސްދޫ އަދި ތޮއްޑޫއަށް ދީފި
ރައްޔިތުން މަޖިލީހުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން، ރަސްދޫ ފަޅުން ބައެއް ތޮއްޑޫ އަދި ރަސްދޫއަށް ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރަސްދޫ ފަޅުން ބޮޑުބައެއް ތޮއްޑޫ އަދި ރަސްދޫގެ ބައެއްގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވާއިރު، ވޯޓުލުން ކުރިއަށްދާތީވެ، މިއަދަކީ ސަރުކާރުވެސް ބަންދު ދުވަހެކެވެ. ރަސްދޫ ކައިރީ އޮންނަ ފަޅުން ބައެއް އެ ރަށަށް ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ވަނީ ރަސްދޫ އުތުރުގައި އޮންނަ ފަޅުން 200 ހެކްޓަރުގެ ސަރަހައްދެއް އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވާގޮތުން ތޮއްޑޫއަށްވެސް ވަނީ 200 ހެކްޓަރުގެ ސަރަހައްދެއް ދީފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށްވެސް މިފަދަ ގަރާރުތަކެއް ނެރުއްވައި ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ފަޅުރަށްތަކާއި ފަޅުތައް ހިމަނުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ