މާލެ: 31°C
ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބި

ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބި

April 21, 2024
3 ފަހަރު ބަލާފައި
ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބި
މިއަދުގެ ހަތަރެއް ޖެހުމާއި ހަމަޔަށް ވޯޓު ނުލައި އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަތަރެއް ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ 63.73 އިންސައްތަ މީހުން ކަމަށެވެ. އެއީ ވޯޓް ލެވޭ މީހުންގެ ތެރެއިން 181،406 މީހުންނެވެ. މިހާތަނަށް ވޯޓް ނުލާ މީހުންގެ އަދަދު 103،275 ގައި އުޅޭއިރު، އެއީ 36.27 އިންސައްތައެވެ. މިހާތަނަށް ވޯޓް ލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. https://twitter.com/ElectionsMv/status/1782013363146694809 މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބިފައިވާއިރު، 602 ވޯޓްފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން 8 ކުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލެވޭނެ އެންމެ ފަހުގަޑިއަކީ ހަވީރު 17:30 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ