މާލެ: 31°C
ވޯޓްލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ

ވޯޓްލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ

April 21, 2024
3 ފަހަރު ބަލާފައި
ވޯޓްލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރެވޭނެ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް އިން ވަނީ ވޯޓު ލުމުގައި ބޭނުންކުރެވޭނެ ރަސްމީ 4 ލިއުމެއް ކަނޑައަޅާފައެވެ. ވޯޓުލުމުގައި ބޭނުންކުރެވޭނެ ރަސްމީ 4 ލިއުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ދޫކޮށްފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ އިތުރުން، ޑްރައިވިން ލައިސަންސް ކާޑާއި، ދިވެހި ޕާސްޕޯޓްގެ އިތުރުން ޕާސްޕޯޓް ކާޑެވެ. ވޯޓުލުމުގައި ޑިޖިޓަލް އައިޑީކާޑް ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައިގަނޑު ސަބަބަކީ ޤާނޫނުގެ ތެރެއިން އެކަމަށް ލިބެންޖެހޭ ހުއްދަ ނެތުމުންކަމަށް އެ ކޮމިޝަނުން ބުނެއެވެ. ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް މިދިޔަ އަހަރު ފަށާފައިވާއިރު، މިހާރުވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުން ޑިޖިޓަލް އައިޑީގެ ހިދުމަތް ޤަބޫލުކުރެއެވެ. މީގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަވިސް، އިމިގްރޭޝަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގައިވެސް ޑިޖިޓަލް އައިޑީކާޑު ބޭނުންކުރެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ