މާލެ: 31°C

ވޯޓުލެވޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ޕާޓީތަކުގައި: އިލެކްޝަންސް

March 6, 2023
2 ފަހަރު ބަލާފައި
ވޯޓުލެވޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ޕާޓީތަކުގައި: އިލެކްޝަންސް
ވޯޓުލެވޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ޕާޓީތަކުގައި: އިލެކްޝަންސް
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގައި ގިނައީ ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ 283،272 މީހުންނަށް ކަމަށާއި އޭގެ ތެރެއިން 58 ޕަސެންޓް މީހުންނަކީ ސިޔާސީ އެކި ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވެ ތިބި މީހުންގެ ނިސްބަތަކީ 42 ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. [embed]https://twitter.com/IsmailHabeeb/status/1632606175903760387?s=20[/embed] ރާއްގޭގައި މިވަގުތު އޮތީ 11 ސިޔާސީ ޕާޓީއެއް ކަމަށް އިލެކްޝަން ކޮމިޝަނުން އެންމެފަހުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ވެއެވެ. އޭގެ ތެރޭގައި 57،660 މެމްބަރުންނާ އެކު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި އެމްޑީޕީ އާއި 38،704 މެމްބަރުން ތިބި ޕީޕީއެމާއި 22،607 މެމްބަރުން ތިބި ޖުމްހޫރީ ޕާޓީ ހިމެނެ އެވެ.

ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ އަދަދު

  • އެމްޑީޕީ 57،660
  • ޕީޕީއެމް 38،704
  • ޖުމްހޫރީ ޕާޓީ 22،607
  • އެމްޑީއޭ: 10،386
  • އަދާލަތު ޕާޓީ: 9،786
  • އެމްއެންޕީ: 9،838
  • ޕީއެންސީ: 3،159
  • އެމްޓީޑީ: 3،016
  • އެމްއާރްއެމް: 2،981
  • އެމްއެމްއެސްޑީޕީ: 2،556
  • ޑީއާރްޕީ: 2،242
މީގެ ތެރެއިން މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތައް އުވައިލުމުގެ މަރުހަލާ އީސީން ވަނީ ފަށައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ