ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެއާއެކު މި ފަހަރުގެ ލިބޭނެ ފަސޭހައަކީ އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން ކަން ފާހަގަކުރެއްވި އެވެ.
އެމީހަކު ނިސްބަތްވާ ރަށް ނޫން ތަނެއްގައި ވޯޓުލާނަމަ އެދާއިރާއެއްގައި އަލުން ޖިސްޓްީ ވާން ޖެހެއެވެ.
އިސްމާއީލް ހަބީބު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އަލުން ރަޖިސްޓްރޭޝަން ފަށަނީ ކަމަށެވެ.މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ވޯޓާސް ލިސްޓަށް ޝަކުވާގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުން އެކަށީގެންވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.







