މާލެ: 31°C
މަޖިލިސް އިންތިހާބުގެ ވޯޓް ގުނަން ފަށައިފި

މަޖިލިސް އިންތިހާބުގެ ވޯޓް ގުނަން ފަށައިފި

April 21, 2024
2 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގެ ވޯޓް ގުނަން ފަށައިފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓް ގުނަން ފަށައިފިއެވެ. އީސީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް ވޯޓް ލާފައިވަނީ 72.96 ޕަސެންޓެވެ. 17:33 މިއަދު ފެށި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް ދީފައިވާ ގަޑި ހަމަވުމާއެކު ކިއުތައް ބަންދުކޮށްފިއެވެ. ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ހަވީރު 17:30 ގެ ނިޔަލަށެވެ. https://twitter.com/ElectionsMv/status/1782025521163124797 15:37 އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހެއްކަމަށް ފުލުހުން ބުނެއެވެ. https://twitter.com/PoliceMv/status/1781990278611779687 15:34 އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. 13:46 ވޯޓް ނުލާ މީހުންގެ ނިސްބަތް %60ގައި. އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ އެންމެން ވީ އެންމެ އަވަހަކަށް ވޯޓް ލުމަށް އިލްތިމާސް ކުރައްވާފައެވެ. https://twitter.com/ElectionsMv/status/1781966851700056075 މިއަދުގެ މިހާހިސާބަށް އާއިރު، 32 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވާގޮތުން މިއަދުގެ 12 ޖެހުމާ ހަމަޔަށް 93،224 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓް ލާ އާބާދީގެ 32.75 އިންސައްތަ މީހުންނެވެ. މިހާހިސާބަށް އާއިރު، އަދިވެސް ވޯޓު ނުލައި 191،439 މީހުން އެބަތިއްބެވެ. އެއީ 67.25 އިންސައްތަ މީހުންނެވެ. https://twitter.com/ElectionsMv/status/1781952492194222369 ލައިވް އަޕްޑޭޓް:   12:50 ވިޔަފާރިވެރިޔާ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވޯޓު ލައްވައިފި 12:25 ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިންތިހާބުގައި ވޯޓުލައްވައިފި 11:30 ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި https://twitter.com/psmnewsmv/status/1781930937372324178 11:22 އިލެކްޝަންގެ ސަލާމަތީ ކަންކަން ކޮމިޝަނަރ ޕްލިސް ގާތުން ގެންދަވަނީ ބައްލަވަމުން. https://twitter.com/PoliceMv/status/1781929646566834547 11:06 ހެނދުނު 10:00 ވީއިރު ވޯޓު ލާފައިވަނީ 16.61 އިންސައްތަ މީހުން: އިލެކްޝަންސް. https://twitter.com/ElectionsMv/status/1781924170445803823 10:16 ވޯޓުލުން ފެށުނުއިރު، ޖުމްލަގޮތެއްގައި އިންތިޒާމުތައް ހުރީ ރަނގަޅަށް: ޓްރާންސްޕޭރެންސީ 09:59 https://twitter.com/TransparencyMV/status/1781911095873261572       ހެނދުނު 09:00 ވީއިރު ވޯޓު ލާފައިވަނީ 8.68 އިންސައްތަ މީހުން: އިލެކްޝަންސް.     https://twitter.com/ElectionsMv/status/1781909622980489639 09:27 ވޯޓުލާ މަރުކަޒެއްގެ ވޯޓުލުން ވަނީ ފެށިފައި: އިލެކްޝަންސް https://twitter.com/ElectionsMv/status/1781900248006435317 09:30 އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކޮމް އިން އިލްތިމާސް ކޮށްފި https://twitter.com/MinivanNoos/status/1781898745665430000 8:56

އަލަށް އިތުރު ކުރި 6 ދާއިރާ:

• މާލޭ ސިޓީއަށް 2 ގޮނޑި • އައްޑޫ ސިޓީއަށް 1 ގޮނޑި • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި • މާލެ އަތޮޅަށް 1 ގޮނޑި • ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

8:55 މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ދާއިރާ ކަނޑައަޅަފައިވާ ފަހަރު. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާ. ނަމަވެސް އަލަށް އިންތިޚާބުކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ 6 ދާއިރާ އިތުރު. 08:47 ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި.ޕ   08:40 ވޯޓުލަށް މީހާވެސް ގިނަބަޔަކު، ވީ އެންމެ އަވަހަކަށް ގޮސް ވޯޓުލައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރޭ. އަދި ގަސްތުގައި ވޯޓު ބާތިލްވާނޭ ފަދަ ކަންކަން ނުކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ. 8:35 8:16 ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން 8:15 މިފަހަރުގެ އިންތިޚާބުގައި އެއްވެސް ސަބަބަކާއި ގުޅިގެން ވޯޓުލާނެ ވަގުތު އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ. 8:12 މިއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ މެންބަރުން އިންތިޚާބުކުރާ ފަހަރު. މި އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބޭ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުން. 8:09 ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ޤައުމުތަކާއި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް:
  • އިންޑިއާގެ ޓްރިވެންޑްރަމް - 08:30 އިން 18:00އަށް
  • ސްރީލަންކާގެ ކޮލޮމްބޯ - 08:30 އިން 18:00އަށް
  • މެލޭޝިއާގެ ކުއާލަލަމްޕޫރު - 11:00 އިން 20:30އަށް
8:08 ވޯޓު ފޮށިތައް ބެހިފައިވާގޮތް:
  • މާލެ: 181 ފޮށި
  • ވިލިމާލެ: 9 ފޮށި
  • ހުޅުމާލެ: 51 ފޮށި
  • އަތޮޅުތަކުގައި: 319 ފޮށި
  • ރިސޯޓުތައް: 34 ފޮށި
  • ޖަލުތައް: 5 ފޮށި
  • ރާއްޖޭން ބޭރުގައި: 3 ފޮށި
8:07 މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، 34 ރިސޯޓާއި ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައި. 8:05 މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައި. 8:02 ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރުމަށް މިއަދު ބާއްވާ އިންތިހާބުގައި މުޅި ރާއްޖޭގައި ވޯޓުލުން ދާދި ދެންމެ ފެށިއްޖެއެވެ. ވޯޓުލާން ފެށުމުގެ މާކުރިން މިފަހަރު ވޯޓު މަރުކަޒުތަކުގައި ވޯޓުލާ މީހުން ކިޔޫ ހެދިކަން ފާހަގަކުރެވުނެވެ. ވޯޓުލާން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު އެވެ. ވޯޓު ފޮށި ބަންދުކުރާނީ ހަވީރު ހަވީރު 5:30ގައެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރާތާ 30 މިނިޓް ފަހުންނެވެ. ވާދަވެރި، ފޯރި ގަދަ ކެމްޕޭނަކަށް ފަހު ކެމްޕޭނު ނިންމާލީ އިއްޔެ ހަވީރު ހައެއް ޖެހިއިރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ