މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްތަކުގެ ހުސްވެފައިވާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ބައި އިލެކްޝަނުގެ ވޯޓުލާގަޑި ޖެހުނުއިރު، ވޯޓު ލާފައިވަނީ ވަރަށް މަދުބައެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، 16:00 ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ 14،605 މީހުންނެވެ. އެއީ ވޯޓް ލެވޭ މީހުންގެ 26.08 އިންސައްތައެވެ. ވޯޓް ނުލައި 41،397 މީހުން އެބަތިއްބެވެ.
ވޯޓް ލީ މީހުންނަށް ބަލާއިރު ގިނައިން ވޯޓް ލާފައިވަނީ ފިރިހެނުންނެވެ. އެއީ 7،945 މީހުންނެވެ. ވޯޓް ލީ އަންހެނުންގެ އަދަދަކީ 6،660 އެވެ.
[embed]https://twitter.com/ElectionsMv/status/1746135069721583879[/embed]
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން އެބަތިއްބެވެ.
ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްތަކުގެ ހުސްވެފައިވާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިޔައީ ހަވީރު 5 ޖެހުމާއި ހަމަޔަށެވެ.
މާލޭގެ މޭޔަރުކަމަށް މިފަހަރުގެ އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެ ކެނޑިޑޭޓުންނަކީ:
- އާދަމް އާޒިމް – އެމްޑީޕީ
- އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ
- މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް
- ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން
- ހުސައިން ވަހީދު – އަމިއްލަ ގޮތުން