މާލެ: 31°C
ވޯޓު ފޮށި ނުބެހެއްޓޭ ތަންތަނަށް ރަޖިސްޓްރީ ވެފައިވާ މީހުން އެހެން ތަނަކަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

ވޯޓު ފޮށި ނުބެހެއްޓޭ ތަންތަނަށް ރަޖިސްޓްރީ ވެފައިވާ މީހުން އެހެން ތަނަކަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

February 14, 2024
3 ފަހަރު ބަލާފައި
ވޯޓު ފޮށި ނުބެހެއްޓޭ ތަންތަނަށް ރަޖިސްޓްރީ ވެފައިވާ މީހުން އެހެން ތަނަކަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީން ބުނީ މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ ހަވީރު 4:00 ށް ހުޅުވާލެވިފައިވާ ކަމަށެވެ. ވޯޓް ފޮށި ނުބަހައްޓާ ތަންތަން:
  • ނ. މެދުފަރު އައިލެންޑް - ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
  • ރ. މާމުނަގައު - އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
  • ރ. ބޮޑުފުށި - ޖޯލި ބީންގް (ރ. ބޮޑުފުށި)
  • ބ. ފޮނިމަގޫދޫ - ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
  • ބ. ކަނުފުށި - ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
  • ޅ. ކުރެއްދޫ - ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
  • ޅ. ކަނިފުށި - އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
  • ކ. އޮޅުވެލި - ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
  • ކ. ކަނޑޫމާފުށި - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
  • ކ. ކަނުއޮތްހުރާ - ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
  • ކ.ހެލެގެނލި - އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)
  • ކ. ލަންކަންފިނޮޅު - ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
  • އދ. މޫފުށި - ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
  • ދ. އޮޅުވެލި އެންޑް އެނބޫދޫފުށި - ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
  • އދ. ދިއްދޫ ފިނޮޅު - ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް (އދ. ދިއްދޫ ފިނޮޅު)
  • ބ. މިލައިދޫ - މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )
  • އއ. ފެސްދޫ - ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)
  • ހުޅުލެ - ހުޅުލެ-1
  • އިންޑިއާ - ޓްރިވެންޑްރަމް
  • ތައިލެންޑް - ބެންކޮކް
  • އިނގިރޭސިވިލާތް - ލަންޑަން
  • ޔޫއޭއީ - އަބޫދާބީ
އެ ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. އަދި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ އިންތިޒާމު ގާއިމްކޮށްފައިވާނެ ކަމަށާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. އީސީން އިތުރަށް ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ރޯދަމަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ އިންތިހާބު ބާއްވާ ތާރީހު ބަދަލުވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ