މާލެ: 31°C
ފުއާދުގެ އިލްތިމާސް: ގަސްތުގައި ވޯޓު ބާތިލް ނުކުރޭ

ފުއާދުގެ އިލްތިމާސް: ގަސްތުގައި ވޯޓު ބާތިލް ނުކުރޭ

April 20, 2024
3 ފަހަރު ބަލާފައި
ފުއާދުގެ އިލްތިމާސް: ގަސްތުގައި ވޯޓު ބާތިލް ނުކުރޭ
ފާއިތުވި ބައެއް އިންތިޚާބުތަކުގައި ގަސްތުގައި ވޯޓު ބާތިލްކޮށްފައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެގޮތަށް އަމަލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް (ފޮޓޯ) އިލްތިމާސް ކުރައްވައިފިއެވެ. ފުއާދެ އެހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
"ވޯޓު ލުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގެއް. ހައްގު އަމާނާތްތެރިކަމާއި އެކު އަދާކުރުމަށް އިލްތިމާސްކުރަން،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ބާތިލް ވޯޓުތައް ބަލާ އެ ވޯޓުތައް ބާތިލްވެފައި ހުރީ ކިހިނެއްތޯ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ބެލި ބެލުމުން ބައެއް ވޯޓުތަކަކީ ގަސްތުގައި ބާތިލް ވޯޓުތަކެއްގެ ގޮތުގައި ލާފައިވާ ވޯޓުތަކެއް ކަން އެނގޭ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭގެ ތެރޭގައި "ކަމުދާ ކެނޑިޑޭޓެއް ނެތް" ކަމަށް ލިޔެފައިވާ ވޯޓުތަކާއި، ހުރިހާ ކެނޑިޑޭޓުންގެ ނަމުގައި ފާހަގަލުމާއި، ހުރިހާ ކެނޑިޑޭޓުންގެ ނަމުގައި ރަސްގެ ލުން ކަހަލަ ކަންކަން ފުއާދު ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ދީނީގޮތުން ވޯޓުލުމަކީ އޮންނަކަމެއް ނޫން ކަަމަށް ބުނެ ލިޔެފައިވާ މެސެޖުތައް ވެސް ބާތިލް ވޯޓުކަރުދާސްތަކުގެ ތެރޭގައި ހުރި ކަމަށް ފުއާދު ވިދާޅުވިއެވެ. ބައެއް ދީދީ ޢިލްމުވެރިންނާ ސުވާލުކުރުމުން އެމީހުން ބުނެފައި ވަނީ އިންތިހާބުތަކުގައި ވޯޓުލުމަކީ ދީނީ ގޮތުން އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ