މާލެ: 31°C
ވޯޓަށް އެހުމަށްފަހު، ސިސްޓަމް މައްސަލަ ޖެހިގެން މަޖިލިސް މެދުކަނޑާލައިފި

ވޯޓަށް އެހުމަށްފަހު، ސިސްޓަމް މައްސަލަ ޖެހިގެން މަޖިލިސް މެދުކަނޑާލައިފި

January 29, 2024
3 ފަހަރު ބަލާފައި
ވޯޓަށް އެހުމަށްފަހު، ސިސްޓަމް މައްސަލަ ޖެހިގެން މަޖިލިސް މެދުކަނޑާލައިފި
ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާގައި ހިމަނައި މިއަދު 11 ޖަހާއިރު ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެ ވަނަ ޖަލްސާ މެންދުރު 1 ޖަހާއިރަށް ފަސްކޮށް، ޖަލްސާ ފެށުމަށްފަހު، މެދުކަނޑާލައިފިއެވެ. ޖަލްސާގެ ރިޔާސަތުގައިއިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވޯޓަށް ހުޅުވާލެއްވުމަށްފަހު، ސިސްޓަމަށް މައްސަލައެއް ދިމާވެެގެން ކަމަށް ވިދާޅުވެ، ފަސް މިނިޓަށް މަޖިލިސް މެދުކަނޑާލައްވަނީ ކަމުގައި ވިދާޅުވިއެވެ. ޖަލްސާ ފެއްޓެވި އިރުވެސް ޖަލްސާއަށް ހުރަސް އެޅުމަށް މެމްބަރުން ދަނީ އަޑުގަދަކޮށް ދުންމާރި ފުމެމުންނެވެ.

ޖަލްސާ ފެށުނު އިރު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ރައީސް އަސްލަމްގެ ދިފާއުގައި އެމަނިކުފާނުގެ މޭޒުކޮޅު ކައިރީގައި ތިއްބެވިއިރު އިދިކޮޅު މެމްބަރުން ދުންމާރި ފުމެން ތިއްބެވީ އިދާރީ މޭޒުތަކުގެ ކުރިމަތީގަ އެވެ.

ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާ މެދުކަނޑާލެއްވި ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭ އަލުން ފަށާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާނުކުރައްވާފަ އެވެ.

ތަފްސީލް އަންނަނީ...

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ