މާލެ: 31°C

ވިޔަފާރި ބަނދަރުން ނުނެރެ ގިނަ ދުވަސްވީ މުދާތައް ނީލަން ކިޔަނީ

ވިޔަފާރި ބަނދަރުން ނުނެރެ ގިނަ ދުވަސްވީ މުދާތައް ނީލަން ކިޔަނީ
March 27, 2023
2 ފަހަރު ބަލާފައި
ވިޔަފާރި ބަނދަރުން ނުނެރެ ގިނަ ދުވަސްވީ މުދާތައް ނީލަން ކިޔަނީ
މާލޭގެ ވިޔަފާރި ބަނދަރުން ނުނެރެ ގިނަ ދުވަސްވެފައިވާ މުދާތައް ނެރެން، ހަތް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެ މުދާތައް ނީލަން ކިޔާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ. އެމްޕީއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބަނދަރުގައި ގިނަ ދުވަސްވީ މުދާތައް ހަތް ދުވަހުގެ ތެރޭގައި ކްލިއާ ކުރަން އެދޭ ކަމަށާއި އޭގެ ތެރޭގައި  ދައުލަތުގެ މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެެއް ހުރި ނަމަ އެ ތަކެއްޗާ މެދު އެ މުއައްސަސާއަކުން ގޮތެއް ނިންމަން އެދޭ ކަމަށެވެ. އެ އިއުލާނުގައި ބުނީ މުއައްސަސާތަކުން ހިފަހައްޓާފައިވާ މުދަލާ މެދު ގޮތެއް ނިންމުމަށް ފަހު ބަނދަރުން އެތަކެތި ނެރެން ނުވަތަ ނައްތައިލަން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. "...މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ،" އެމްޕީއެލްގެ އިއުލާނުގައި ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ