މާލެ: 31°C
ވިއްސާރައިގައި ޕީއެސްއެމްއަށް ގެއްލުންވެ ޗެނަލްތަކަށް ބުރޫއަރައިފި

ވިއްސާރައިގައި ޕީއެސްއެމްއަށް ގެއްލުންވެ ޗެނަލްތަކަށް ބުރޫއަރައިފި

December 31, 2023
2 ފަހަރު ބަލާފައި
ވިއްސާރައިގައި ޕީއެސްއެމްއަށް ގެއްލުންވެ ޗެނަލްތަކަށް ބުރޫއަރައިފި
މާލެއަށް ހުއްޓާނުލާ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީއެމް ބިލްޑިންގާއި ރޭޑިއޯ ބިލްޑިންގެ އިމާރާތަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެއެވެ. މާލެއަށް ބޯކޮށް ވާރޭވެހި އަމީނީމަގުގައި ފެންބޮޑުވުމާއި ގުޅިގެން ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގެ ޑަކްޓުތަކަށް ވަނީ ފެންވަދެފައެވެ.  އަދި ނިއުސްރޫމްގެ ބައެއް ސަރަޙައްދުތަކަށްވެސް ފެން އެޅިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރޭޑިއޯ ބިލްޑިންގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއް ވަނީ ވެއްޓިފައެވެ. ވިއްސާރައިގައި ޕީއެސްއެމަށް ގެއްލުންތަކެއް ލިބި އެތަނުން ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖްވަނީ، ޕީއެސްއެމްގެ ޓީވީ ބިލްޑިންގއިން ކަރަންޓު ދިއުމުގެ ސަބަބުން ކަވަރޭޖްވެސްވަނީ މެދުކަނޑާލާފައެވެ. ވިއްސާރައިގައި ޕީއެސްއެމްގެ އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ވަގުތީ ހައްލެއް ގެނެސް ނިއުސްރޫމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީއެސްއެމްއިން ބުންޏެވެ. ގެއްލުން ލިބުނު ދެ އިމާރާތަކީ ވެސް ވަރަށް ދުވަސްވެ ބާ ވެފައިވާ ދެ އިމާރާތެވެ. އިއްޔެ ރެއިން ފެށިގެން މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގޭގެއަށާއި އެނޫންވެސް އިމާރާތްތަކަށް ދަނި ބޮޑެތޮ ގެއްލުންތަކެއް ލިބެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ