މާލެ: 31°C

ވިއްސައިގެން ދިޔަ ޕެނަލްތަކަކީ ހަރުކޮށްފައި ހުރި ޕެނަލްތަކެއް ނޫން: އެންވަޔަރަމެންޓް މިނިސްޓްރީ

ވިއްސައިގެން ދިޔަ ޕެނަލްތަކަކީ ހަރުކޮށްފައި ހުރި ޕެނަލްތަކެއް ނޫން: އެންވަޔަރަމެންޓް މިނިސްޓްރީ
July 4, 2023
2 ފަހަރު ބަލާފައި
ވިއްސައިގެން ދިޔަ ޕެނަލްތަކަކީ ހަރުކޮށްފައި ހުރި ޕެނަލްތަކެއް ނޫން: އެންވަޔަރަމެންޓް މިނިސްޓްރީ
ބްރިޖު ހައިވޭގައި ވިއްސާއިގެން ގޮސްފައިވާ ސޯލާ ޕެނަލްތަކަކީ ހަރުކޮށްފައި ހުރި ޕެނަލް ތަކެއް ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ. ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަނީ ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ، މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށާއި، މި ކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި ޕެނަލްތަށް މިހާރުވަނީ މޫދުން ނަގާފައި ކަމަށް ވެސް މިނިސްޓީން ބުންޏެވެ. މިނިސްޓްރީން ބުނީ، މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރ އަކަށް ގެއްލުމެއް ވެފަ ނުވާ ކަމަށެވެ. އަދި ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި، ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީއިން ކޮންޓެރެކްޓަރު މަސައްކަތްކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އިންޓަރނަލް އިންވެސްޓިގޭޝަން އެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިތުރަށް މަސައްކަތްކުރިއަށްދާނީ މަސައްކަތްކުރުމުގައި އަޅަންޖެހޭ އެއްމެހައި ސަލާމަތީ ފިޔަވަޅުތަށް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މިނިސްޓްރީން ބުނީ، މިކަމާއިގުޅިގެން ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީންކުރާނެ ކަމަށާއި، އަދި އެމަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ