މާލެ: 31°C
ވިއްސާރާގައި ގެއްލުންވި 70 ގެއަކަށް 450،000ރ ދޭން ނިންމައިފި

ވިއްސާރާގައި ގެއްލުންވި 70 ގެއަކަށް 450،000ރ ދޭން ނިންމައިފި

January 4, 2024
2 ފަހަރު ބަލާފައި
ވިއްސާރާގައި ގެއްލުންވި 70 ގެއަކަށް 450،000ރ ދޭން ނިންމައިފި
މިދިޔަ ހޮނިހިރު ދުވަހާއި އާދިއްދަ ދުވަހު ހުއްޓުމެއްނެތި މާލެއަށް ކުރި ވިއްސާރާއިގެ ސަބަބުން ގެއްލުންވި 70 ގެއަކަށް 450،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި 457,246.20ރ. ދިނުމަށް ނިންމާފައިވާ ކަމަށެވެ. https://twitter.com/NDMAmv/status/1742525416223740219 އެގޮތުން ސަރުކާރުން ވަނީ 34 ގޭބީސީއެއްގެ އިމާރާތަށް ލިބުނު ގެއްލުންތަކަށް 248،381ރ. ދިނުމަަށް ނިންމާފައެވެ. އަދި 65 ގޭބީސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް 104،4308ރ ގެ ގެއްލުން ލިބިފައިވާއިރ،ު ސަރުކާރުން 208،861.60ރ. ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. ވިއްސާރާގައި ލިބުނު ގެއްލުން ބެލުމަށް 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާއިރު އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިތައް ހިންގާ ތަންތަނެވެ. 27 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަން އެންގި ކަމަށާއި އަދި 21 ގޭބީސީ އަކަށް އެކި ސަބަބުތަކާއި ހެދި ނުވަދެވުނު ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. މުޅި ރާއްޖެއަަށް ކުރި މި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެ އާއި މާލޭ އަށެވެ. އެގޮތުން ހުޅުލެއަަށް 179.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު މާލެ އަށް ވަނީ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ