މާލެ: 31°C
ވިއްސާރައިގައި ފަޅެއްގައި އަޅާފައި އޮތް މަންޓާ ސީޕްލޭނަކަށް ގެއްލުންވެއްޖެ

ވިއްސާރައިގައި ފަޅެއްގައި އަޅާފައި އޮތް މަންޓާ ސީޕްލޭނަކަށް ގެއްލުންވެއްޖެ

January 12, 2024
3 ފަހަރު ބަލާފައި
ވިއްސާރައިގައި ފަޅެއްގައި އަޅާފައި އޮތް މަންޓާ ސީޕްލޭނަކަށް ގެއްލުންވެއްޖެ
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި، މާލެ އަތޮޅު ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއާގެ ސީޕްލޭން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯއަކުން ފެންނަ ގޮތިގައި ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކަނޑު ގަދަވުމުގެ ސަބަބުން ބޯޓުގެ އެއް ފިޔަގަނޑު އެއްގަމުގައި ޖެހެމުންދާ މަންޒަރު ފެނިގެންދެއެވެ. މި ބޯޓަށް ގެއްލުންވެފައިވާ ވީޑިއޯއެއް މިއަދު ޝޯޝަލް މީޑިއާގައި ދައުރުވާން ފެށި ނަމަވެސް، މިކަން ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. https://twitter.com/AccidentsMV/status/1745617793171837187 އެނގިފައިވާ ގޮތުގައި މިއީ ބުދަ ދުވަހުގެ ރޭ މޫސުން ގޯސްވެ މާލޭ ސީޕްލޭން ޓާމިނަލް ބަންދުކޮށްފައި އޮތުމުން، މާލެ އަތޮޅު ފަޅެއްގައި އަަޅާފައި އޮއްވައި ލިބުނު ގެއްލުންތަކެކެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާކުރަމުންދާތީ މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އަދި މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހެމުންދާތީ މަގުތައް ފެންބޮޑުވެ، އެމްއެންޑޫއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ