މާލެ: 31°C
ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ސޯލިހް

ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ސޯލިހް

February 1, 2024
3 ފަހަރު ބަލާފައި
ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ސޯލިހް
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާ އަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ ކުޅަދާނަ ގާނޫނީ ވަކީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބިގެން އެ ދިޔައީ ނުހަނު ބޮޑު ހުސް ކަމެއް ކަމަށެވެ. "އެހާ ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ. މި ހިތާމަވެރި ވަގުތު އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވަން. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި، އާމީން." ރައީސް ސޯލިހު ވިދާޅުވިއެވެ. https://twitter.com/ibusolih/status/1752926733039505552 ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން އެކަނިކުފާނު ވިދާޅުވެފައިވަނީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށާއި ގައުމަށް އެ ގެއްލުނީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ. "ގައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިހްލާސްތެރި ތައުޒިޔާ މަރުހޫމްގެ އާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ގާނޫނީ ވަކީލުންނަށް ދަންނަވަމެވެ. މަރްހޫމް އިސްމާއއީލް ވިޝާމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުހޫމް އިސްމާއީލް ވިޝާމް ލަހައްޓަވައި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން." ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނޭ ވިޝާމް 39، އަވަހާރަވީ ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. އޭނާ އަވަހާރަވީއިރު ހުންނެވީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްގެ މަގާމުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ