ވިސާ މާފުކޮށްދެއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ޝާހިދު ވިދާޅުވުމުން، ބްލިންކެންވަނީ ވިސާ ދިނުމުގެ އުސޫލުތައް ދިވެހީން އެދޭ ގޮތަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން މަޝްވަރާކުރުމަށްފަހު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވިސާ ނުނަގާ އެމެރިކާ އަށް ދެވޭގޮތްހަދަން މަޝްވަރާކޮށްފި
ވިސާ ނުނަގާ އެމެރިކާ އަށް ދެވޭގޮތްހަދަން މަޝްވަރާކޮށްފި
ލިޔުން:
ދިވެހިންނަށް ވިސާއާ ނުލައި އެމެރިކާއަށް ދެވޭ ގޮތް ހެދުމާ މެދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނިއޯ ބްލިންކެން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވީ މިނިސްޓަރު ޝާހިދު، އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގައި އެންޓޯނިއޯ ބްލިންކެން އާ އެކު ބޭއްވެވި ބައްދަލުވުމެއް އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު އާއި ބްލިންކެން ވަނީ ޑިމޮކްރަސީ ކުރިއެރުވުމާއި ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި އިގުތިސާދު ކުރިއެރުވުމާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން ދިފާއީ ގޮތުން އެއްބާރުލުން ދިނުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އަދި ބްލިންކެން ވަނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާފަ އެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީ ހިމާޔަތްކުރަން ކުރާ މަސައްކަތް ބްލިންކެން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
