ވިނަރެސް ފްލެޓްތަކުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފިހާރަ ހިންގަން ތަންތަން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ރީޓެއިލް ފިހާރަތައް ހިންގަން ޖާގަ ކުއްޔަށް ދެނީ އެޗްޑީސީން ވިނަރެސް ފްލެޓްތަކުގެ ތިން ޓަވަރަކުންނެވެ. އެއީ ވިނަރެސްގެ ވީ2، ވީ5 އަދި ވީ7ގެ ފުރަތަމަ ފަންގިފިލާއިންނާއި ވީ7ގެ ގްރައުންޑް ފްލޯއިންނެވެ.
އެތަންތަނުން ދޫކުރާ ފިހާރަތަކުގެ ބޮޑުމިނަކީ:- ވީ 2-01-02: 892 އަކަފޫޓު
- ވީ 5-01-02: 596 އަކަފޫޓު
- ވީ 7-01-01: 755 އަކަފޫޓު
- ވީ 7-ޖީ-07: 295 އަކަފޫޓު
ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މާޗް މަހުގެ ހަތް ވަނަ ދުވަހުގެ 11:00ގެ ކުރިންނެވެ. މިމަހުގެ 21 ގައި ޒޫމް މެދުވެރިކޮށް ޕްރި ޕޮރޮޕޯސަލް މީޓިން އެއް ވެސް އޮންނާނެއެވެ.
މިއަދު ވިނަރެސް ފްލެޓްތަކުން ކޮމާޝަލް ޔުނިޓު ދޫކުރަން ހުޅުވާލާފައިވާއިރު، އެ ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.







