އޭގެ ތެރެއިން ގުޅީފަޅު ކަސްޓަމްރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެއްބަސް ވުމުގައި ސޮއިކުރުން މިއަދު ވަނީ ފަށައިފައެވެ. މި އެއްބަސްވުން ތަކުގައި ސޮއި ކުރުން އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލާ ހުޅުމާލޭގެ ސެންޓްރޯ މޯލްގައެވެ.
ގުޅީފަޅު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ވިނަރެސް އިން ފްލެޓް ލިބޭ އެހެން ކެޓަރީގެ މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާނެއެވެ. ވިނަރެސް ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައި ވާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރާނެ ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.
އާބަންކޯއިން ބުނީ، ލޯނު ހަމަޖެހިފައިވާ ނުވަތަ އެއްކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް އިހްތިޔާރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 128 ޔުނިޓެއް ވަނީ އެފަރާތްތަކުން ނމަގާފައި ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
މީގެ އިތުރުން އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަރ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ ފުރުސަތު އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އަރބަންކޯއިން ވަނީ ބުނެފައެވެ.
ވިނަރެސް ފްލެޓް ތައް ހަދާފައިވަނީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. އެ އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ.







