މާލެ: 31°C

ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފި

February 2, 2023
2 ފަހަރު ބަލާފައި
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފި
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފި
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ. ހައުސިން ޑިވެލޮލޮޕްމަންޓް ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ ވަގުތީ ލިސްޓަށް ހުށަަހަޅާފައިވާ ޝަކުވާތަކައް ބެލުމަށް ފަހު ހައުސިން މިނިސްޓްރީން މުރާޖާ ކޮށްފައިވާ ލިސްޓް އެ އިއުލާނާއެކު ޝައިއުު ކޮށްފައިވާނެ ކަމަށާ ޝާއިއު ކޮއްފައިވާ ލިސްޓްގައި ސިފައިން، ހިޔާ، އަދި ގުޅީފަޅު ކެޓެގަރީގެ އެވެސް ފަރާތެއް ނުހިމެނޭނެ ކަމަށެވެ. އެ ލިސްޓް ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާއި އެކުގަ ކަމަށާ، ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށް އިއުލާންގައި ވެއެވެ. އެހެންކަމުން، އެ ފަރާތްތަކަށް އެކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމުގައި ވެސް އިއުލާންގައި ބުނެފައިވެއެވެ. ވިނަރެސް ހައުސިންގ މަޝްރޫއުއިން އެޕާރޓްމަންޓް ގަތުމުގެ ދެންކުރިއަށް އޮތް މަރުހަލާއަކި، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހާމަކުރުމުގެ މަރުހަލާކަމަށާ، އެ މަރުހަލާ ފުރިހަމަވުމުން ބުކިންގ ނެގުމާއި ވިނަރަސް އެޕޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް އެޗްޑީސީއިން ކުރިއަށް ގެންދާނެކަމަށް ވެސް އެޗްޑީސީގެ އިއުލާންގައި ބުނެފައި ވެއެވެ. މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދާނެކަމަށާ، ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީ އިން މާލި ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުން ކަމަށްވެސް އެޗްޑީސީގެ އިއުލާންގައި ބުނެފައި ވެއެވެ. އޭގެ އިތުރުން އެންޑ ޔޫސާރ މޮޑެލް ހިޔާރު ކޮށްފައިވާ ފަރާތްތައް ބުކިންގ ފީ ދައްކާ އެޕާޓްމަންޓް މަރުހަލާ ނިމުމުން މާލީ އިދާރާ ތަކަށް ހުށާހަޅަން ޖެހޭ ލިޔެކިއުންތަށް އެފަރާތްތަކާއި އެ ކޯޕަރޭޝަނުން ހިއްސާ ކުރާނެ ކަމަށާ، އަދި އެ ޕޭމަންޓް މޮދެލްގެ ދަށުން ''ވިނަރެސް'' އެޕާޓްމަންޓް ކަށަަވަރުވާނީ، މާލޠ އިދާރާތަކުން ލޯނު ހަމަޖެހުނު ކަމުގެ ލިން އެ ކޯޕަރޭޝަން އަށް ހުށަހެޅުމުން ކަމަށް ވެސް އެ އިުލާނުގަި ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން ލިސްޓުގައި ލިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން މުއާމަލާތް ކުރާނީ އެޗްޑީސީގެ ނަމްބަރު 3353535 އިން ކަމަށާއި އިތުރު އެއްވެސް ނަމްބަރަކުން އެކަމާއި ގުޅޭ ގޮތުން އެއްވެސް މީހަކަށް ފޯނު ނުކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ. ލިސްޓް-1 ލިސްޓް-2 ލިސްޓް-3    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ