މާލެ: 31°C

ވިނަރެސްއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

November 27, 2022
2 ފަހަރު ބަލާފައި
ވިނަރެސްއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި
ވިނަރެސްއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި
ހުޅުމާލޭގެ ފޭސް ދޭއް ގައި އަޅާފައިވާ ވިނަރެސް އެޕާޓްމެންޓްތައް ގަތުމަށް ހުށައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. ޗްޑީސީން މިއަދު ކުރި އިއުލާނެއްގައި އާއްމުކުރީ ޕޮއިންްޓް ދިނުމުގައި، ހައުސިން މިނިސްޓްރީ ބަލާ އުސޫލުން ބެލުމަށް ފަހު ޝަރުތުހަމަވި ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓެކެވެ. މިއަދު އާއްމުކުރި ލިސްޓުގައި ވާ ޝަރުތުހަމަވާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމާއި ގުޅޭގޮތުން އެޗްޑީސީން އެފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އެޗްޑީސީން ބުނި ގޮތުގައި މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ހުށަހަޅައި، ދެ ފޯމެއްގެ ޝަރުތު ހަމަވެފައި ވާ ނަމަ ކުރިއަށް ގެންދާނީ އޭގެ ތެރެއިން އެއް ފޯމު ކަމަށް ވެސް އެެ ކޯޕަރޭޝަނުން ބުންޏެވެ. މިއަދު އާއްމުކުރި ވަގުތީ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރުން ފެށިގެން ހުޅުވާލައިފާ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ. އެޗްޑީސީގެ ހައުސިން މަޝްރޫއު ތަކާ ގުޅުވައިގެން މީހުންނަށް އޮޅުވައިލުމަށް ކުރާ ސްކޭމް ކޯލްތައް ކުރުމާއި ލިންކްތައް ފޮނުވުން ފަދަ ކަންތައްތައް ފަހަކަށް އައިސް ގިނަވެފައި ވާތީ އެފަދަ ކޯލްތަކަށް ސަމާލުވާން އެޗްޑީސީގެ އިއުލާނުގައި އިރުޝާދު ދީފައި ވެ އެވެ. އެ އިއުލާނުގައި ބުނީ ވިނަރެސް ފްލެޓްތަކާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން އެއްވެސް ބޭފުޅަކަށް އެސްއެމްއެޗް ނުފޮނުވާނެ ކަމަށެވެ. . "...އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން މިކޯޕަރޭޝަނުން، ފޯނުގެ ޒަރިއްޔާއިން ގުޅާނެކަމުގައި ދަންނަވަމެވެ،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ. ވިނަރެސް ފްލެޓާ ގުޅޭ ކަންކަމުގައި އެޗްޑީސީން ގުޅާނީ ހަމަ އެެކަނި 3353535 ނަމްބަރުންނެވެ.      

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ