
ވިލިނގިލީ ކުއްޖާ ނިޔާވުމާ ގުޅިގެން، އެމަޖެންސީގައި ބަލިމީހުން އުފުލާގޮތް އިސްލާހުކުރަން ރައީސް އަންގަވައިފި
ވިލިނގިލީ ކުއްޖާ ނިޔާވުމާ ގުޅިގެން، އެމަޖެންސީގައި ބަލިމީހުން އުފުލާގޮތް އިސްލާހުކުރަން ރައީސް އަންގަވައިފި
ލިޔުން:
ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ އަންގަވައިފިއެވެ.
ރައީސް އެހެން އެންގެވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށް، މިއަދު ގއ. ވިލިނގިލީ ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖަކު ނިޔާވި ހާދިސާއާއި ގުޅިގެން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކުއްޖ، ގއ. އަތޮޅު ހޮސްޕިޓަލުން ވެންޓިލޭޓަރުގައި މާލެއަށް ގެނައުމަށް ގިނަ އިރުވެގެން، ކުއްޖާގެ އާއިލާއިން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.
ރައީސް ވަނީ އެ ކުއްޖާ ގއ. ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ދެއްވުމަށް އަންގަވާފައިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލިމީހުން ކުއްލި ފަރުވާއަށް މާލެ ގެނައުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސް އަންގަވާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެމަގުން ބަލިމީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރެއްވުމަށް ރައީސް، އެދިވަޑައިގެންފައިވާކަމަށާއި ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅައި އެގޮތަށް އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް ރައީސް އަންގަވާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ވިލިނގިލީ ކުއްޖާ ނިޔާވުމާ ގުޅިގެން ރައީސް ޑރ.މުއިއްްޒު، ހެޔޮ ދުއާ ކުރައްވާ، އެކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
