
ވިލިނގިލީގައި ޖިންސީގޯނާގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ޖިންސީގޯނާގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި
ލިޔުން:
ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން "މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮޕިޝަލެއް ވިދާޅުވީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ އުމުރުން 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ދިވެހި ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހުން ނިސްބަތް ވަނީ ވިލިނގިލި އަށެވެ. އަނެއް މީހާ އަކީ ލ. އަތޮޅު މީހެކެވެ. އަދި އެ އަންހެން މީހާ އަކީ އެ އަތޮޅު ކޮލަމާފުށީ އަންހެނެއްކަން ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
