މާލެ: 31°C
ވިލިނގިލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ވިލިނގިލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

January 22, 2024
3 ފަހަރު ބަލާފައި
ވިލިނގިލީގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލީ ބަނގުރާފުޅިތަކާއި ބިޔަރުދަޅުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޑިސެމްބަރު 3 އިން 23 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ. އެގޮތުން، އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 122 ފުޅި ބަނގުރާ އަދި 75 ދަޅު ބިޔަރެވެ. އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ