މާލެ: 31°C
ވިލިނގިލީގައި، މާލެ ފުރުވުން ލަސްވެގެން އާއިލާއިން މުޒާހަރާކުރި، ބަލިކުއްޖާ ފުރުވޭގޮތްވެއްޖެ

ވިލިނގިލީގައި، މާލެ ފުރުވުން ލަސްވެގެން އާއިލާއިން މުޒާހަރާކުރި، ބަލިކުއްޖާ ފުރުވޭގޮތްވެއްޖެ

January 18, 2024
3 ފަހަރު ބަލާފައި
ވިލިނގިލީގައި، މާލެ ފުރުވުން ލަސްވެގެން އާއިލާއިން މުޒާހަރާކުރި، ބަލިކުއްޖާ ފުރުވޭގޮތްވެއްޖެ
ގއ. ވިލިނގިލީގައި ހިންގަމުންދާ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ކުޑަ ކުއްޖަކު ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވާތީ އެރަށުގައި މުޒާހަރާ ކުރި ނަމަވެސް، މިހާރު އެކުއްޖާ ފުރުވޭ ގޮތް ވެއްޖެކަމަށް ވިލިނގިލީ ކައުންސިލުން ބުނެފިއެވެ. ވިލިނގިލީ ކައުސިލްގެ މެމްބަރަކު މިނިވަން ނޫހަށް ވިދާޅުވީ، މިހާރު ކުއްޖާ ފުރުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ފުރުވުން ލަސްވީ، ކުއްޖާ ގެންދަން ޖެހެނީ ވެންޓިލޭޓަރުގައި ކަމަށްވެފައި، މުޅި ރާއްޖޭގައި ވެންޓިލޭޓަރު ހުރި އެންމެ ފްލައިޓެެއް އޮންނާތީ، ފްލައިޓް ލިބުމަށް ދަތިވުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޒާހަރާ ކުރީ ބަލި ކުއްޖާގެ އާއިލާ މީހުންނެވެ. އެމީހުންގެ ޝަކުވާއަކަށްވީ، މިއަދު ހެނދުނު ވެންޓިލޭޓަރު ހުންނަ ފްލައިޓް އެ އަތޮޅަށް އައި ކަމަށާއި ނަމަ ވެސް އެ ފްލައިޓުން ކުއްޖާ ނުގެންދެވުނީ ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުން ކަމަށެވެ. މުޒާހަރާ ކުރި މީހުން ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގެ ނަމުގެ މަތީގައި "ހެލްތް ޕޯސްޓް" ޖެހުމަށްފަހު ކަރުދާސްގަނޑެއްވެސް ތަތްކޮށްފަ އެވެ. ގއ. އަތޮޅު ހޮސްޕިޓަލާއި މެދު އެއަތޮޅުގެ ގިނަ ބަޔަކު ފާޑުކިޔައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ