މާލެ: 31°C
ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

January 25, 2024
3 ފަހަރު ބަލާފައި
ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
ވިލިމާލެއިން 36 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނިތޮގުގައި ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާއެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅެމުން އައި ވ. ލަކީސްޓޮޕުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އަންހެން މީހާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:37 އާއިރު ކަމަށެވެ. ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ