
ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އާ އޮފީހެއް ގާއިމްކުރަނީ
ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އާ އޮފީހެއް ގާއިމްކުރަނީ
ލިޔުން:
މާލެ ސިޓީ ކައުންސިލަށް ވިލިމާލޭން ލިބިފައިވާ އިމާރާތެއްގައި އާ އޮފީހެއް ގާއިމްކުރަން އެކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ އިމާރާތަކީ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާ އިމާރާތެއް ކަމަށާއި ހަމައެކަނި ކުރަންޖެހޭނީ ފިނިޝިންގެ މަސައްކަތް ކަމަށެވެ. އަދި އެ އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން ކަމަށް ވެސް ބުންޏެވެ.
ވިލިމާލޭގައި ތަރައްގީ ކުރާ އިމާރާތަކީ "ވަން ސްޓޮޕް" ސާވިސް ސެންޓަރެއްގެ ގޮތުގައި ހިންގޭނެ އޮފީހަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއީ އެބޭފުޅުން ފޯރުކޮށްދޭ ހިދުމަތުގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ ކައުންޓަރެއް އެއިމާރާތުގައި ހުރުމާއި، ނަމަވެސް އެ ހިދުމަތަކީ މިވަގުތު އަދި ފޯރުކޮށްދެވެންނެތް ހިދުމަތެއް ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 93 ވަނަ އާންމު ޖަލްސާގައި މޭޔަރު މުއިއްޒު ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި މާލެ ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށްވުރެ މި އިމާރާތުގައި ޖާގަ ތަނަވަސް ވާނެ ކަމަށާއި، އަދި މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ އެ އިމާރާތުގައި އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވިލިމާލެ ތަރައްގީވެ ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ގިނަ ވާނެ ކަމަށާއި މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އިދާރީ މަސައްކަތްތަކަށް އެ އިމާރާތުގެ ދެ ބުރި ހާއްސަކޮށްފައި ވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ އިމާރާތުގައި ވަނީ ޕަބްލިކް މީޓީންގް ހޯލަކާއި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ގާއިމު ކުރުމަށް ނިންމާފައެވެ. އެހެންކަމުން އެ އިމާރާތަކީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތަކަށްވުމުން ކުޑަ ހަރަދެއްގައި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
