މާލެ: 31°C

ވިލިގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ވިލިގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
June 16, 2023
2 ފަހަރު ބަލާފައި
ވިލިގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
ގއ. ވިލިގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ވިލިނގިލީ ރަތްވިލާއާގެ އުމުރުން 38 އަހަރުގެ އައްސަދު އަހްމަދު ކަމަށެވެ. ފުލުހުން ބުނީ އަސަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 01:10 ހާއިރު ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވެސް ކުރަމުން ދާ ކަމަށެވެ. ފުލުހުން ވަނީ އައްސަދާ ގުޅުންހުރި އެވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާއި ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792109އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ