މާލެ: 31°C
ވިލިނގިލީ ކުއްޖާ މާލެ ނުގެނެވި ލަސްވުުމުން ފާޑުކިޔާތީ ޣައްސާނު ރައްދުދެއްވައިފި

ވިލިނގިލީ ކުއްޖާ މާލެ ނުގެނެވި ލަސްވުުމުން ފާޑުކިޔާތީ ޣައްސާނު ރައްދުދެއްވައިފި

January 20, 2024
3 ފަހަރު ބަލާފައި
ވިލިނގިލީ ކުއްޖާ މާލެ ނުގެނެވި ލަސްވުުމުން ފާޑުކިޔާތީ ޣައްސާނު ރައްދުދެއްވައިފި
ސިއްހީ ކުއްލި ހާލަތްތަކުގައި ޑޯނިއާ ބޭނުން ނުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަަަކަށް ކަމަށް ބުނެ ސަރުކަރަށް އަމާޒުވަމުންދާ ފާޑުކިޔުން ތަކަށް، ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން ރައްދު ދެއްވައިފި އެވެ. ގައްސާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ ކުއްލި ހާލަތްތަކުގައި މެޑިކަލް އެވަކުއޭޝަން އޮޕަރޭޝަންތަކުގެ އެސްއޯޕީގައި ރައީސްގެ އަރިހުން ކަމަކަށް ހުއްދަ އެހުމެއް ނުވަތަ ރައީސަށް އެކަމެއްގެ ތަފްސީލް ދެންނެވުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓްކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އެވަކުއޭޝަންތަކުގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ގައްސާނު ވިދާޅުވިއެވެ. [embed]https://twitter.com/mgmaumoon/status/1748693255997264126[/embed] ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ މިފަހުން، ހިނގި ދެ ހާދިސާ އަކާއި ގުޅިގެން ރައީސް ޑރ. މުއިއްޒަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މިދިޔަ ބުރާސްފައި ދުވަހު ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލުދެރަ ކުއްޖަކު ވެންޓިލޭޓަރުގައި މާލެ ނުގެނެވި ލަސްވެފައިވާތީ، އެކުއްޖާގެ އާއިލާއިން އެރަށުގައި މުޒާހަރާކޮށް ވަނީ ނުރުހުން ފާޅުކޮށަފައެވެ. އެކުއްޖާ މިއަދު އައިޖީއެމްއެޗްގައި ވަނީ ނިޔާވެފައެވެ. އަދި، އައްޑޫގައި މޫދަށް ކުއްޖަކު ގެއްލިގެން، އެކުއްޖާ ހޯދުމުގައި ޑޯނިއާ ބޭނުން ނުކޮށްގެން ވެސް ރައީސަށް ގިނަބައެއްގެ ފާދުކިޔުން އަމާޒުވިއެވެ. އެކުއްޖާ އަދިވެސް ނުފެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ