މާލެ: 31°C
ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން އޮންނާނީ މަނާކޮށްފަ: މުއްތަލިބު

ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން އޮންނާނީ މަނާކޮށްފަ: މުއްތަލިބު

February 23, 2024
4 ފަހަރު ބަލާފައި
ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން އޮންނާނީ މަނާކޮށްފަ: މުއްތަލިބު
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީ އޮންނާނީ މަނާކޮށްފައިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހަނދާންކޮށްދެއްވައިފިއެވެ. ރޭ އިރާކޮޅު ގާތްގަނޑަކަށް 19:47 ހާއިރު، ވިލިމާލެ ކަނޑާދިމާލުން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 13 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި އެކްސިޑެންޓާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މަނާކޮށްފައި ކަމަށެވެ. އެގޮތުން އެ ސަރަހައްދުން ދަތުރުކޮށްފި ނަމަ އުސޫލެއްގެ ގޮތުން  ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. މިނިސްޓަރު މުއްތަލިބު ވަނީ މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. https://twitter.com/muththo/status/1760736112618918047 ރޭ ހިނގި މި އެކްސިޑެންޓުގައި އަނިޔާވި 13 މީހަކު ވިލިމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވާއިރު، ބައެއް މީހުންނަށް ލިބުނު އަނިޔާ ސީރިއަސްވުމުގެ ސަބަބުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަނިޔާވި މީހުންގެ ތެރޭގައި އެފްކޮންސް އަށް ނިސްބަތްވާ 10 މުއައްޒަފަކާއި އަނަންތަރާ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެއެވެ. މި އެކްސިޑެންޓުގައި އެއް ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އަނެއް ލޯންޗަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ފުލުހުން ވަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ