މާލެ: 31°C
ވިހާފައި ކޮނޑަށް ކުއްޖާ އެއްލާލި މަންމަގެ މައްޗަށް 3 ދައުވާއެއް

ވިހާފައި ކޮނޑަށް ކުއްޖާ އެއްލާލި މަންމަގެ މައްޗަށް 3 ދައުވާއެއް

January 17, 2024
3 ފަހަރު ބަލާފައި
ވިހާފައި ކޮނޑަށް ކުއްޖާ އެއްލާލި މަންމަގެ މައްޗަށް 3 ދައުވާއެއް
އދ. ދިގުރަށުގައި މަރުވެފައި އޮށްވައި ކުނި ގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ތިން ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެތިން ދައުވާ އަކީ:

  • އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ
  • އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ
އެ އަނެހެން މީހާ،   ޑިސެމްބަރު އެއްވަނަ ދުވަހުގެ 22:00 އާއި އެ މަހުގެ ތިންވަނަ ދުވަހުގެ 5:00 އާ ދެމެދުގެ ވަގުތެއްގައި، ފާހާނާ ތައްޓެއް ތެރެއަށް ކުއްޖާ ވިހައި، ފާހާނާ ތަށި ތެރެއިން ނެގުމަށް ފަހު, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހުގެ 05:31 ހައިއިރު، އެ ކޮތަޅު އެ ރަށު ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައިލީ ކަމަށް ޕީޖީ އޮފީހުގެ ދައުވާގައިވެއެވެ. ކުއްޖާގެ ފެނުނީ، އެރަަށު ކުނިނެގުމުގެ މަސައްކަތްކުރާ މީހަކަށެވެ. ފެނުނު އިރު ކުއްޖާ މަރުވެފައިވާކަމަށް، ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ