މާލެ: 31°C

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވެއްޖެ

March 26, 2025
200 ފަހަރު ބަލާފައި
ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވެއްޖެ
ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވާތީ އެމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވާތީ އެމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ބުނީ ވައިބަ ހެކްކޮށްގެން ވައިބަރ އިން މެސެޖް ފޮނުވައިގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެފަދަ މެސެއްޖެއް ކުރުމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ސައިބަރ ކަރައިމް އިތުރުވަމުންދާތީ މީގެ ކުރިންވެސް ފުލުހުންގެ އިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.

އެހެންކަމުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ 125 ނަންބަރު ފުލުހުން ވަނީ ތައާރަފް ކޮށްފައެވެ. އެގޮތުން ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ނެޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ