ވީއައިއޭ އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓް އަށް ދިއުމަށް އެދިއްޖެ

ވީއައިއޭ އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓް އަށް ދިއުމަށް އެދިއްޖެ
ލިޔުން:
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދާން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުންނާ އެކީ އެއާޕޯޓަށް ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ.
އެހެން ކަމުން ފުރާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
https://twitter.com/MACLmedia/status/1672191322751639552
މީގެ އިތުރުން އެ ކުންފުނިން ވަނީ، ހުރިހާ ފަސިންޖަރުން ވެސް "އިމުގާ ފޯމް" ކުރީ ބަައިގައި ފުރިހަމަކުރުމަށާއި އޮޕަރޭޝަން ފަސޭހަކުރުމަށް ފަސިންޖަރުންގެ އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
