
ވޭމަންޑޫ އާ ކިނބިދޫ ގުޅާލުމުން، ކިނބިދޫ ދަރިވަރުންނަށް މަތީތައުލީމު ހޯދުމަށް ފަސޭހަވެގެންދާނެ: ރައީސް
ވޭމަންޑޫ އާ ކިނބިދޫ ގުޅާލުމުން، ކިނބިދޫ ދަރިވަރުންނަށް މަތީތައުލީމު ހޯދުމަށް ފަސޭހަވެގެންދާނެ: ރައީސް
ލިޔުން:
ތ.އަތޮޅު ކިނބިދޫ އާއި ވެމަންޑޫ ކޯޒްވޭއަކުން ގުޅާލުމުން ކިނބިދޫގެ ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުއިއްޒު އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ތ. ކިނބިދޫ، ނަރުގިސް ވިލާ، ޢާއިޝަތު ވަސީލާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ކިނބިދޫ އާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުން ކިނބިދޫގައި އުޅޭ ކުދިންނަށް މަތީ ތައުލީމް ހޯދުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކިނބިދޫގައި އޭލެވެލްއަށް ކިޔެވެން ނެތްނަމަވެސް ވޭމަންޑޫ އާ ކޯޒްވޭއަކުން ގުޅާލެވިގެން ދިއުމުން އެކަމަށް ހައްލެއް ލިބިގެންދާނޭ ކަމަށެވެ.
" ވޭމަންޑޫ އާ ކިބިނބިދޫ ކޯޒްވޭއަކުން ގުޅާލެވުނީމައި އެއްކަމަކަށް އެއްގަމުން އެރަށަށް ދެވޭގޮތްވީ. އޭރުން އެއްފަސްވީ. އެއްފަސްވީމައި ލިބޭނެ ފައިދާތައް ހުންނާނެ. ތައުލީމު ހާސިލްކުރުމަށްވެސް" ރައީސް ވިދާޅުވިއެވެ.
https://twitter.com/governmentmv/status/1755879295560339964
ޢާއިޝަތު ވަސީލާ ވަނީ ޔުނިވަރސިޓީ ނުވަތަ ކެމްޕަހެއް ނެތުމުން އެކަމުގެ ދަތިކަމާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްފަސްވެގެން ދިއުމުން ޔުނިވަރސިޓީއެއް ނުވަތަ ކެމްޕަހެއް ވިއަސް ގާއިމްކުރެވިގެންދާނޭކަމަށާއި، އޭރުން އެހެން ރަށްރަށުންވެސް ދަރިވަރުން އަންނާނޭ ކަމަށެވެ.
ކިނބިދޫ އާއި ވޭމަންޑޫ ގުޅާލުމަކީ އެ ދެ ރަށުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދެކެވެ. ހާއްސަ ގޮތެއްގައި މިއީ ކިނބިދޫގެ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
