ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން ތުރުކީން ނިންމައިފި

ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން ތުރުކީން ނިންމައިފި
ލިޔުން:
ތުރުކީ އަށް އައި ނުރައްކާތެރި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން އެ ގައުމުން ނިންމައފިއެވެ.
ތުރުކީއަށް އައި ބިންހެލުންތަކަކީ ބާރުގަދަ ބިންހެލުންތަކަކަށްވީ ނަމަވެސް، ހާލުގައި ޖެހުނު މީހުންނާއި ތަޖުރިބާކާރުންނާއި ބުނަނީ އެހާ ގިނަ އިމާރާތްތަކެއް ވެއްޓުނީ އެންމެ އެކަށީގެންވާ ވަރަށް އިމާރާތްތައް ހަދާފައި ނެތުމުން ކަމަށެވެ.
ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު 10 ޕްރޮވިންސުން ވެއްޓުނު އިމާރާތްތަކާއި ގުޅުންހުރި 131 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 113 މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެފައިވާ ކަމަށް އޮކްޓޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"ހާއްސަކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިމާރާތްތަކާއި މީހުން މަރުވެ ޒަހަމްވި އިމާރާތްތަކަށް ބޭނުންވާ ޝަރުއީ މަރުހަލާ ނިމެންދެން މިކަން ކުރިއަށް ގެންދާނަން."
ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވަނީ އެކަމުގައި ޒިންމާވާ ކޮންމެ މީހަކަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ކޮންސްޓްރަކްޝަންގައި ބޭނުންކުރާ ތަކެތީގެ ހެކި ހޯދުމަށް ޕްރޮސެކިއުޓަރުން ވަނީ އިމާރާތްތަކުގެ ސާމްޕަލް ނަގަން ފަށައިފައެވެ.
އެންވަޔަރަމަންޓް މިނިސްޓަރު މުއްރަތު ކުރުމް ވިދާޅުވީ 170،000 އަށް ވުރެ ގިނަ އިމާރާތުގެ އެސެސްމަންޓަށް ބަލާއިރު، އެ ސަރަހައްދުގެ 24،921 އިމާރާތް ވެއްޓިފައިވާ ކަމަށާއި ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ސީރިއާ އާއި ތުރުކީގެ ބައެއް ސަރަހައްދުތަކަށް އެރި ކާރިސާގެ ހަ ދުވަސް ފަހުން ވެސް އެ ހާދިސާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް މީހުން ދަނީ ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދު އިތުރަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ސަރުކާރުން އިމާރާތް ކުރުމުގެ ގަވާއިދުތައް ތަންފީޒު ނުކުރާ ކަމަށް އިދިކޮޅު ފަރާާތްތަކުން ބުނެއެވެ.
އެންމެ ފަހުން 1999 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ބިންހެލުންތަކުން ސަލަމާތްވެވޭ އިމާރާތްތަކަށް ހެދުމަށް ނެގި ހާއްސަ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުވެސް އެ މީހުން ކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
