"ފެބްރުއަރީ ހަތަކާ ގުޅޭ ގޮތުން ދާދި ފަހުން އެމްޑީޕީގެ ބައެއް ވަޒީރުބޭފުޅުންނާއި އަދި ބައެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އެހާދިސާ ހިނގި ގޮތް އޮޅޭ ގޮތަށް އަދި އަޅުގަނޑުގެ މައްޗަށް ބަދުނާމުވާ ގޮަތަށް ވާހަކަފުޅު ދައްކަވާފައި ވޭ. ދެން އެއީ އެބޭފުޅުންނަށް އެ ވަގުތުގައި އެގޮތަށް ވާހަކަފުޅު ދައްކަވަން ފެނިވަޑައިގަތީތީ ވާހަކަ ދެއްކެވީ،" ނަޝީދު ވިދާޅުވި އެވެ.ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކަކަށް ފަހު އުފެދުނު ޕޮލިސް މިއުޓިނީއަކަށް ފަހުގަ އެވެ. ރައީސް އޮފީހަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ޕޯޑިއަމްގައި ނަޝީދު އިސްތިއުފާ އިއުލާނު ކުރެއްވި ނަމަވެސް އެމްޑީޕީން މިހައިތަނަށް ބުނަމުން އައީ އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ ބަޣާވާތަކުން ކަަމަށެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ކެމްޕޭނުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުގެ ބައެއް އެހެން ބޭފުޅުން ވެސް ސިފަކުރެއްވި ގޮތުގައި އެފަހަރު ވެރިކަން ވެއްޓުނު ގޮތް އެއީ ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުދޭންވީ ސަބަބެއް ކަމަށެވެ. އެވާހަކަތަކާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެއީ ބަޣާވާތެއް ނޫން ކަމަށް އެމްޑީޕީގެ ތެރެއިން މިއަދު ބުނާ ކަމަށް ވަންޏާ އެއީ ބަޣާވާތެއް ނޫން ކަމަށާއި ޕީޕީއެމްގެ އޭރުގެ ސްޓޭންޑާއި މިހާރުގެ ސްޓޭންޑް ވެސް އެކަމުގައި ސާފު ކަމަށެވެ. އެކަމަކު އެމްޑީޕީން މިހާރު އެގޮތަށް ވާހަކަ ދައްކާތީ، ނަޝީދު ވެރިކަމުގައި ހުންނެވި އިރު ޕާޓީގެ އެތެރޭން ގޮންޖެހުން ކުރިމަތިވެވަޑައިގެންނެވީ ކިހާވަރަކަަށްތޯ ސުވާލު އުފެދޭ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ. އެ ވާހަކައަށް ރައްދު ދެއްވައި މެމްބަރު ހުސައިން ޝަމީމު ވިދާޅުވީ ހަތެއް ފެބްރުއަރީ (2012) ގައި ހިންގީ ބަޣާވާތެއް ނޫން ކަމަށް އެމްޑީޕީން ރަސްމީ އެއްވެސް ހައިސިއްޔަތަކުން ނުބުނާ ކަމަށާއި އެއީ ބަޣާވާތެއް ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން [އެމްޑީޕީން ] ނުދައްކާ ވާހަކަ ދެއްކި ކަމަށް މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވުމަކީ މިއީ ދެރަކަމެއް،" ހުސައިން ވިދާޅުވި އެވެ. އެމްޑީޕީގެ ބައެއް ވަޒީރުންނާއި މެމްބަރުން ވާހަކަ ދެއްކެވި ކަމަށް ނަޝީދު ވިދާޅުވީ ހުސައިން އެހެން ވިދާޅުވެ، ވާހަކަ ނިންމަވައިލެއްވުމުންނެވެ.
ވެރިކަން ވެއްޓުނު ގޮތް އޮޅޭ ގޮތަށް އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަދެއްކެވި، އެއީ ހިތާމައެއް: ނަޝީދު

ވެރިކަން ވެއްޓުނު ގޮތް އޮޅޭ ގޮތަށް އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަދެއްކެވި، އެއީ ހިތާމައެއް: ނަޝީދު
ލިޔުން:
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ގޮތާ ބެހޭ ގޮތުން، އެކަން އޮޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުންނާއި ވަޒީރުން ވާހަކަ ދެއްކެވި ކަމަށާއި އެއީ ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަކައަކާއި އޭނާއަށް ރައްދު ދެއްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހައަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "ފެބްރުއަރީ ހަތެއް"ގެ ވާހަކަ ބައެއް މެމްބަރުންނާއި ވަޒީރުން ދައްކަވާފައި ވަނީ އެމަނިކުފާނަށް ބަދުނާމު ލިބިވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އެގޮތަށް ވާހަކަ ދެއްކެވުމުގެ ސަބަބުން ތެދު ދޮގު އޮޅޭ ހިސާބަށް ކަންކަން އެބަ ދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
