ވެރިކަމުގެ ފުރަތަމަ 3 އަހަރު ތެރޭގައި މަސްވެރި ސިނާއަތުގައހުރި ހުރިހާ ކަންބޮޑުވުންތަކެއް އެއްކޮށް ހައްލުކޮށްދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ޕްރޮގްރާމެއްގައި ޥާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ދުވާލު ހަތަރުދަމު ކުރަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކަމަށާއި އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަރުވާ ކަމަށެވެ. އެގޮތުން މިއަހަރު ވެގެންދާނީ މަސްވެރި ސިނާއަތުގައި ހުރި މުހިއްމު ޕްރޮޖެކްޓުތައް ފެށިގެންދާނެ އަހަރަކަށް ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މަސްވެރި ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ވަރަށް ބޮޑެތި ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ.
މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ދޭން އޮތް ޔަގީންކަމަކީ، މަސްވެރިންނަށް ހުރި ވައުދުތައް ރައީސުލްޖުމްހޫރިއްޔާ ރަނުން ރަނަށް އިނގޭތޯ، މި ސަރުކާރުން ރަނުން ރަނަށް އިރާދަކުރެވިއްޔާ ފުއްދާނެ. އެ މަސައްކަތުގައި ދުވާލު ހަތަރުދަމު އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.
މަސްވެރި ސިނާއަތުގައި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ މަސްވެރިންގެ ކަންބޮޑުވުންތައް ކަމަށާއި އޭގެތެރޭގައި ފައިސާގެ ކަންތައް ހިމެނޭއިރު އެ ކަންތައްތައް ވަރަށް ރަނގަޅަށް މިހާރު ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މި ދައުރުގެ ފުރަތަމަ 3 އަހަރުތެރޭ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކައް ޖުމްލަ ހައްލެއް ހޯދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.







