މާލެ: 31°C
ވެންޓިލޭޓަރުތަކުގެ މައްސަލާގައި 34 މިލިއަން ރުފިޔާ ރާއްޖެއަށް ދެއްކުމަށް އަންގައިފި

ވެންޓިލޭޓަރުތަކުގެ މައްސަލާގައި 34 މިލިއަން ރުފިޔާ ރާއްޖެއަށް ދެއްކުމަށް އަންގައިފި

February 26, 2024
4 ފަހަރު ބަލާފައި
ވެންޓިލޭޓަރުތަކުގެ މައްސަލާގައި 34 މިލިއަން ރުފިޔާ ރާއްޖެއަށް ދެއްކުމަށް އަންގައިފި
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި އެކުންފުންޏަށް ދީފައިވާ ފައިސާއާއި ވެންޓިލޭޓަަރުތައް ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބައިނަލް އަގުވާމީ އާބިޓްރޭޝަނަށް ދިވެހި ސަރުކާރުން ހުށަހެޅި މައްސަލަ ރާއްޖެއާ އެއްކޮޅަށް ނިންމައިފިއެވެ. މި މައްސަލަ ބެލުމަށްފަހު، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނީގެ މައްޗަށް، ބައިނަލް އަގުވާމީ އާބިޓްރޭޝަނުން ނިންމާފައިވަނީ ރާއްޖެއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޖުމްލަ 34 މިލިއަން ރުފިޔާ ދެއްކުމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުން ހުށަހެޅީ ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 32. މިލިޔަން ރުފިޔާއަށް ވާ، 2.1 މިލިޔަން ޑޮލަރުގެ އިތުރުން އާބިޓްރޭޝަނަށް ދާ ހަރަދު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ހޯދުމަށެވެ. މި މައްސަލަ ކުރިއަށްދިޔައިރު، ދުބާއީގެ ކުންފުނިން އާބިޓްރޭޝަނަށް ހާޒިރުވެފައި ނުވާކަމަށް އޭޖީ އޮފީހުން ބުނެއެވެ. މި މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވަނީ ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ 16 ވަަނަ ދުވަހު އެވެ. ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑުވި ދުވަސްވަރު ދުބާއީގެ ކުންފުންޏާ ހަވާލުކޮށްގެން ގެންނަން އުޅުުނު ވެންޓިލޭޓަރުތަކަށް ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދެއްކި އެވެ. އެހެން ނަމަވެސް އެކުންފުނިން ރާއްޖެއަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފަ އެއް ނުވެ އެވެ. އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުރަތަމަ ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވައިލި އެވެ. އެ މައްސަލަ އަލުން ތަހުގީގުކޮށް މިހާރު ވަނީ ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަލުން ހުށަހަޅައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ