
ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާކިން ޖާގަ ނެތިގެން އިހުތިޖާޖުކޮށްފި
ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާކިން ޖާގަ ނެތިގެން އިހުތިޖާޖުކޮށްފި
ލިޔުން:
ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތައް ހުންނަ ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޅަނދުތައް ޕާކްކުރާނެ ޖާގަ އެ ސަރަހައްދުގައި ނެތިގެން އެ މުވައްޒަފުން މިއަދު އިހުތިޖާޖްކޮށްފި އެވެ.
ވެލާނާގޭގެ ކުރިމަތީގައި މިއަދު އިހުތިޖާޖްކުރި މުވައްޒަފުން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގައިވާ ގޮތުން އެމީހުންގެ އެއް ކަންބޮޑުވުމަކީ އެ ސަރަހައްދަށް ޕާކިން ސްޕޭސް ބޭނުންވެފައި އޮއްވާ، އެންމެ ފަހުން ހުސްވި ޖާގަ ވެސް ޕާކިން އަށް މުޅިން ހާއްސަ ނުކޮށް، ޕާކެއްގެ ގޮތުގައި އެތަނުގެ އެއްބައި ތަރައްގީކުރުމެވެ. އެއީ ބާވެ ހަލާކުވުމުން ތަޅައިލި ހުރަވީ ބިލްޑިން ހުރި ސަރަަހައްދުގެ ވާހަކަ އެވެ.
ވެލާނޭގޭގެ ތިރީގައި އޮތް ޕާކިން ސްޕޭސް ބޭނުންކުރަން ލިބެނީ އެތަނުގައި ހުންނަ އޮފީސްތަކުގެ ވެރިންނަށް ކަން ވެސް އިހުތިޖާޖުގެ ބައިވެރިން ފާހަގަ ކުރި އެވެ.
" ވެރީންނަށް ވެލާނާގޭގެ ތިރިން ޕާކްކުރާނެ ތަންތަން ލިބޭ" އިހުތިޖާޖްގެ ބައިވެރިން ގެންގުޅުނު ބޯޑެއްގައި ލިޔެފައި އޮތެވެ.
ވެލާނޭގައި މަސައްކަތްކުރާ މުވައްޒަފުން އިހުތިޖާޖްކޮށްފައި މިވަނީ އެ އިމާރާތުގެ ކައިރީގައި ޕާކިން ޒޯނުތަކުން ބޭރުގައި ޕާކްކުރާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން އިތުރުކޮށްފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
